މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލަައެއް އޮތް ފަރާތެއްވޭތޯ ބެލުމަށް

 

 ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި ވުޒާރާއިން ކުއްޔަށް ދޫކޮށްފައިވާ މ. އުތުރުބޮޑުވެލި، ހުރަސްވެލި އަދި އުތުރުގަސްވެލި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށްތައް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށްތަކާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮފީސް ބަންދުކުރުމުގެ ކުރިން، މި ވުޒާރާއަށް ލިޔުމަކުން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދި، ޢާންމުކޮށް އިޢުލާނުކުރީމެވެ.

17 ނޮވެންބަރު 2025
ހޯދާ