މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި ޝާއިޢުކުރުން

ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 45 (ސާޅީސް ފަހެއް) ވަނަ މާއްދާ (ނޫސް މަޖައްލާ ރަޖިސްޓަރީކޮށްގެން ޝާއިޢުކުރުން) ގެ (ށ) ގައި މި ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކޮމިޝަން އެކުލަވާލުމަށްފަހު، 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެހިނދުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.

މިގޮތުން، މި ކޮމިޝަނުން މިހިނދަށް އެކުލަވާލައިފައިވާ ނޫސް މަޖައްލާގެ ދަފްތަރު މި އިއުލާނާއެކު ގެޒެޓްކުރަމެވެ. އަދި ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 45 (ސާޅީސް ފަހެއް) ވަނަ މާއްދާ (ނޫސް މަޖައްލާ ރަޖިސްޓަރީކޮށްގެން ޝާއިޢުކުރުން) ގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން މި ދަފްތަރުގައި ނޫސް މަޖައްލާއެއް ރަޖިސްޓަރީކުރެވިފައި ނެތްނަމަ، ދަފްތަރު ޝާއިޢުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ލިޔުމުން ޝަކުވާ ހުށަހަޅަންވާނެއެވެ. އީމެއިލްއަށް ޝަކުވާ ހުށަހަޅުއްވާނަމަ، [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3003995 އަށް ގުޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2025
ހޯދާ