އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އދ.ދިއްދޫ ކުނި މެނޭޖުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެފަރާތެއް ހޯދުން
ކުނި މެނޭޖުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެފަރާތެއް ހޯދުން
އދ.ދިއްދޫގައި ކުނިމެނޭޖުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެފަރާތެއް ބޭނުންވެއްޖެއެވެ.
ކުނިމެނޭޖުކޮށް ބަލަހައްޓާ ފަރާތުން ތިރީގައި މި ދަންނަވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.
- ރަށުގެ ވަށައިގެން ބެހެއްޓިފައިވާ ޑަސްޓްބިންތައް ކޮންމެދުވަހަކު ނަގައި ސާފުކުރުން
- ހަފްތާއަކު 5 ދުވަހު ރަށުގެ ހުރިހާގެއަކު އުފެދިފައިވާ ކުނިނަގައި ކުނިގޮނޑަށް ގެންދިއުން
- ލަކްސް މޯލްޑިވްސްއިން ޕްލާސްޓިކް ކަލެކްޓްކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ކުނިގޮނޑުގައި ހުރި ޕްލާސްޓިކް ޖަންބޯބޭގްތަކުގައި ބަނދަރަށް ނެރުން
- ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުން
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި ކައުންސިލަށް އަގުހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނަންބަރު 6680057 ފޯނަށް ގުޅުއްވުން އެދެމެވެ.
26 ޖުމާދަލްއޫލާ 1447
17 ނޮވެމްބަރ 2025
17 ނޮވެންބަރު 2025
ހޯދާ
