ދިވެހިރާއްޖެ
ރަށުގެ ސަހަރާގެ ހުޅަނގުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ނޫކުލައިން ނަންބަރުޖެހިފައިހުރި ރުއްގަހުގެ ވެރިން އަދި ރުއްގަސް އަމިއްލައަށް ނަގައި ގެންދިއުމަށް ބޭނުންވާ ފަރާތްތައް ހޯދަންބޭނުންވެއެވެ. ވީމާ، [ރުއްގަހުގެ މަޢޫލޫމާތު ހުށަހަޅާ ފޯމު] ފުރިހަމަކުރުމަށްފަހު 23 ނޮވެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. [ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމު] މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެންހުންނާނެއެވެ. މިސަރަހައްދުގައިވާ ރުއްގަހުގެ ވެރީން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކުރެވިފައިވާތީ މިމުއްދަތުގެ ތެރޭގައި ވެރިފަރާތުން ރުއްގަހުގެ މަޢުލޫމާތު މިއިދާރާއަށް ހުށަހަޅާފައިނުވާ ރުއްގަހަކީ ބަންޑާރާ ރުއްގަސްކަމުގައި ބަލައި މިތަކެއްޗާއިމެދު އަމަލުކުރެވޭނޭކަމުގައި ދަންނަވަމެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައި ވާނޭކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
