މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ އިރު އުތުރު ސަރަހައްދުން ދަނޑުބިމަށް އަދި ފާމިންއަށް ބިން ކުއްޔަށް ދޫކުރުން
އިޢުލާން
ރަށުގެ އިރު އުތުރު ސަރަހައްދުން ދަނޑުބިމަށް އަދި ފާމިންއަށް ބިން ކުއްޔަށް ދޫކުރުން
ރަށުގެ ލޭންޑް ޔޫސްޕްލޭންގައިވާ ގޮތުގެ މަތީން ރަށުގެ އިރު އުތުރު ސަރަހައްދުން ދަނޑުވެރިކަން ކުރުމަށް 01 ބިން އަދި ފާމިން (ގެރި، ބަކަރި، ކުކުޅު، އަސްދޫނި ފަދަތަކެތި ގެންގުޅުމަށް) 01 ބިން (ޖުމްލަ 4000 އަކަފޫޓުގެ ބިން) މީލާދީ 5 (ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތަށް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ނޮވެމްބަރ 25 ވަނަ ދުވަހުގެ 13:00 އަށް އަގުބަޔާންކޮށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. އަގުގެ ގޮތުގައި ހުށަހޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 0.125 (ސުމެއް ޕޮއިންޓް އެކެއް ދޭއް ފަހެއް ލާރި) އެވެ.
އިވެލުލުވޭޝަން ކްރައިޓީރިއާ
- އަގު: 85% ޕޮއިންޓް (އެންމެ ބޮޑުއަގު ބެންޗްމާކު ކަމުގައި ބަލައިގެން)
- ޕްރޮޕޯސަލް 15%ޕޮއިންޓް (އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތް ބެންޗް މާކެއް ގޮތަށް ބަލައިގެން)
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
17 ނޮވެންބަރު 2025
ހޯދާ
