ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުޞޫލު ނަންބަރު 31-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު) ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ހުޅުވާލާނެ ވާހަކަ ދަންނަވަމެވެ. މި އުޞޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާރިޗު 2026 ގެ ނިޔަލަށް www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ. އެގޮތުން އެޕްލިކޭޝަން ހުށަހެޅުއްވޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންނެވެ.
މި އުޞޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 (ބާރަސަތޭކަ ފަންސާސް) އަކަފޫޓުގެ، ޖުމްލަ 15,000 (ފަނަރަ ހާސް) ގޯއްޗެވެ. މި ގޯތިތައް ދޫކުރާނީ އަންނަވި ކެޓަގަރީތަކަށް ބަހާލައިގެންނެވެ.
1- އުޞޫލުގެ 5 ވަނަ މާއްދާގެ ދަށުން މާލޭ ރަށްވެހިންނަށް ބިން ދޫކުރަން ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
|
# |
ލިބޭ ފަރާތްތައް |
ޢަދަދު |
|
|
މާލޭގެ ރަށްވެހިން |
10,000 |
||
|
|
1.1 |
އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛ |
7000 |
|
|
1.2 |
މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛ |
1000 |
|
|
1.3 |
ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް. |
2000 |
2- އުޞޫލުގެ 7 ވަނަ މާއްދާގެ ދަށުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ބިން ދޫކުރަން ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
|
# |
ލިބޭ ފަރާތްތައް |
ޢަދަދު |
|
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން. |
3000 |
3- އުޞޫލުގެ 8 ވަނަ މާއްދާގެ ދަށުން ޚާއްސަ ކެޓަގަރީތަކަށް ބިން ދޫކުރަން ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
|
# |
ލިބޭ ފަރާތްތައް |
ޢަދަދު |
|
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތައް؛ |
500 |
|
|
2. |
މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތައް. |
1500 |
