ދިވެހިރާއްޖެ
04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 16 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 25 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.
އެހެންކަމުން، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމު: https://forms.gle/kNnkB8wETiC4EDnG9 މެދުވެރިކޮށް، 25 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން ރަޖިސްޓަރީކުރެއްވުން އެދެމެވެ. އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ، އެ ފަރާތްތަކުންވެސް މަތީގައިވާ ފޯމު މެދުވެރިކޮށް މަޢުލޫމާތު އަޕްޑޭޓްކުރެއްވުން އެދެމެވެ.
އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން އަލުން މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވާކަށް ނުޖެހޭނެއެވެ.
އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ. އަދި އެ ދަފުތަރު (https://tinyurl.com/yuwem7dw) މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.
