ދިވެހިރާއްޖެ
އިޢުލާން
ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން 2025 ވަނަ އަހަރުގެ ޑިސެންބަރުމަހު، "ޑަބްލިޔު.ޑީ.ސީ އެކްސްޕޯ 2025" ގެ ނަމުގައި ކުޅުދުއްފުށީގެ މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ޚާއްސަ މަޢުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމަޢުރަޒަކީ ކުޅުދުއްފުށީގެ މަސައްކަތްތެރިންނަށާއި އަމިއްލަ އުފެއްދުންތައް ތައްޔާރުކޮށް ވިޔަފާރިކުރައްވަމުން އަންނަ އަންހެން އަދި ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން، އެފަދަ މަސައްކަތްތަކާއި ވިޔަފާރިތައް މާރކެޓްކުރުމުގެ މަގު ފަހިކޮށްދީ، މިފަދަ އުފެއްދުންތައް އެއްތަނަކުން ދައްކާލެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ.
މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ އަދި ކުޅުދުއްފުށީގައި ދިރިއުޅުއްވާ ބޭފުޅުންގެ ތެރެއިން 30 އަންހެން ބޭފުޅަކަށާއި 10 ފިރިހެން ބޭފުޅަކަށެވެ. އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުންނެވެ.
މި އެކްސްޕޯއާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ އުޞޫލު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
ވީމާ، މި އެކްސްޕޯގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ބޭފުޅުން 23 ނޮވެމްބަރު 2025 ގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އެކްސްޕޯގައި ރަޖިސްޓްރީވެލެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6527202 ނުވަތަ 6527201 އަށް ގުޅުއްވުން އެދެމެވެ.
ރެޖިސްޓްރޭޝަން ލިންކް: ރެޖިސްޓްރޭޝަން - ޑަބްލިޔު.ޑީ.ސީ އެކްސްޕޯ 2025 – Fill out form
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
