ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ދިޔަމިގިލީގައި އިމާރާތްކުރެވެމުންދާ ހިނަވާގެއަށް ބޭނުންވާ އެލްމިނިއުމް ދޮރު ހޯދުން

ތ.ދިޔަމިގިލީގައި އިމާރާތްކުރެވެމުންދާ ހިނަވާގެއަށް ބޭނުންވާ އެލްމިނިއަމް ދޮރު ހޯދަން ބޭނުންވެއްޖެއެވެ.

ބީލަން ހުށަހަޅާ ފޯމާއި އިވެލުއޭޝަން ކްރައިޓީރިއާ އަދި ދޮރުތަކުގެ ކުރެހުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ދޮރުތަށް ފޯރުކޮށްދޭންވާނީ ހުޅުފަތާއި އަތްގަނޑު އަދި ދޮރު ހަރުކުރާ އިސްކުރާއި އެކުއެވެ. އަދި ދޮރު ހެދުމުގައި ބޭނުންކުރަން ވާނީ ހުދުކުލައިގެ އެލްމިނިއަމްއާއި ރިފްލެކްޓިވް ބްލޫ ބިއްލޫރިއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2025ނޮވެމްބަރ 20 ވަނަދުވަހުގެ 13:00 ގައި ތ.ދިޔަމިގިލީ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅިގެން ބިޑް ރަޖިސްޓްރީ ކުރުން އަދި މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.   އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ގުޅޭގޮތުން ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

      ތ.ދިޔަމިގިލީ ކައުންސިލް އިދާރާ

      ފޯން:  7886649 / 9906162

      އީމެއިލް: [email protected]

 

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ

16 ނޮވެންބަރު 2025
ހޯދާ