ދިވެހިރާއްޖެ
މިމަދަރުސާގެ ސައިންސްލެބް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް
2015 އޮކްޓޫބަރު 15 ގައި ކުރެވުނު ނަންބަރު GS78/IULAAN/2015/14 އިޢުލާނަށް ބިޑް ހުށަހެޅުމަށް ދެފަރާތުން ހާޒިރުވުމާ ގުޅިގެން އެއިޢުލާން ކެންސަލްކޮށް އަލުން މިމަސައްކަތް އިޢުލާންކުރަމެވެ.
ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުން 2016 ވަނަ އަހަރަށް ކުރެވޭ މަރާމާތުގެ ތެރެއިން ސައިންސްލެބް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެންފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 9 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00  | 
 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނަށެވެ.
20 މުޙައްރަމް 1437
