ދިވެހިރާއްޖެ
7 ވަނަ އިންޓަރ އޮފީސް ޗެސް ޗެމްޕިއަންޝިޕް 2025 މިމުބާރާތް ބާއްވަމުންގެންދާނީ ސިވިލް ސާރވިސް ޗެސް ޗެމަޕިއަންޝިޕް އަދި އޯރގަނައިޒޭޝަން ޗެސް ޗެމްޕިއަންޝިޕް 2025 މިނަމުގައެވެ . ސިވިލް ސާރވިސް މުބާރާތުގައި ބައިވެރިވެވޭނީ 4 ކުޅުންތެރިންނާއި ރިޒާވް 1 ކުޅުންތެރިއަކަށެވެ. އަދި ސިވިލް ސާރވިސް މުވައްޒިފް ނޫން އެއްކުޅުންތެރިއަކު ޓީމުގައި ހިމެނިދާނެވެ. އޯރގަނައިޒޭޝަން ޗެސް ޗެމްޕިއަންޝިޕް2025 ގައި ބައިވެރިވާ އެއްވެސް ޓީމެއްގެ ކުޅުންތެރިން އެ އޮގަނައިޒޭޝަންގެ މުވައްޒިފަކަށް ވާކަށް ނުޖެހޭނެއެވެ. ވީމާ
ސިވިލް ސާރވިސް ޗެސް ޗެމަޕިއަންޝިޕް2025 އަދި އޯރގަނައިޒޭޝަން ޗެސް ޗެމްޕިއަންޝިޕް2025 ގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލަމެވެ .
މި ދެމުބާރާތުގައި ބައިވެރިވުމަށް އެދޭ އޮފީސްތަކުން 19 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 23 ގަަަަަަަަަަަަަަޑި 59 މިނެޓް ކުރިން އެ މުބާރާތަކަށް ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.
- ސިވިލް ސާރވިސް އޮފީސްތަކުގެ މުބާރާތް އޮންނާނީ 22 ނޮވެމްބަރ 2025 ން 25 ނޮވެމްބަރ 2025 އަށެވެ. މިމުބާރާތުގައި ބައިވެރިވެވޭނެ ފީ އަކީ 2000.00 ރުފިޔާއެެވެ.
- އޯރގަނައިޒޭޝަން ޗެސް ޗެމްޕިއަންޝިޕް 2025 އޮންނާނީ 27 ނޮވެމްބަރ 2025 ން 30 ނޮވެމްބަރ 2025 އަށެވެ. މިމުބާރާތުގައި ބައިވެރިވެވޭނެ ފީ އަކީ 2000.00 ރުފިޔާއެެވެ.
ލޭޓް އެންޓްރީ އެއް މި ދެމުބާރާތުގައި ނުއޮންނާނެއެވެ.
އިންޓަރ އޮފިސް އޮގަނައިޒޭޝަން ގައި ބައިވެރި ވުމަށް އެދޭ ފޯމް . https://forms.gle/gFr3TDKWRAY7EEDM8
އިންޓަރ އޮފިސް ސިވިލް ގައި ބައިވެރި ވުމަށް އެދޭ ފޯމް : https://forms.gle/NMkJsQhVj4pThBVw6
އެމް ސީ އޭ ގެ މެއިލް އެޑްރެސް [email protected]
ގުޅޭނެ ނަމްބަރު : 7776466
