ދިވެހިރާއްޖެ
2026 ވަނަ އަހަރު ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް ތިރީގައި ދަންނަވާފައިވާ ޢުމުރު ފުރާތަކަށް، ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ދޫކުރުން 16 ނޮވެންބަރ 2025ން ފެށިގެން ފުރުޞަތު ހުޅުވާލާފީމެވެ.
ވީމާ، ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކުރެންދޫ ކައުންސިލްގެ އިދާރާއިން ފޯމް ނަންގަވައި ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 25 ޑިސެންބަރު 2025 (ބުރާސްފަތި) ދުވަސް ކަމަށްވާތީ، އެދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
|
# |
ގްރޭޑް |
2025 ވަނަ އަހަރު ގްރޭޑަށް ވަދެވޭ ޢުމުރު ފުރާ |
|
01 |
ނާސަރީ |
2025 ޑިސެންބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
|
02 |
ބޭބީ ނާސަރީ |
2025 ޑިސެންބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
