ދިވެހިރާއްޖެ
އިޢުލާން
"ދާލު ވޮލީ ބޯލް ޗެލެންޖު 2025" ވޮލީ ކޯޓުގައި އިސްތިހާރު ބޯޑު ހަރުކުރުމާއި ގުޅޭ.
ދ.އަތޮޅު ކައުންސިލުން އަތޮޅުގެ އަންހެން ކަނބަލުންނަށް އަމާޒުކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ ބޯޅަ މުބާރާތުގެ ގުރޫޕް 1 ގެ މެޗްތައް ހޮސްޓްކުރުމަށް ހަމަޖެހިފައިވާ ބަނޑިދޫ ވޮލީ ކޯޓްގައި އިސްތިހާރު ބޯޑްޖެހުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.
އިސްތިހާރު ބޯޑް ޖެހުމަށް ހަމަޖެހިފައިވާ ސައިޒަކީ '8×'2 ގެ ސައިޒެވެ. ބޯޑް ޖެހުމާއި ޕްރިންޓް ކުރުމުގެ އެންމެހައި މަސައްކަތް ކުރުމަށްހަޖެހިފައިވަނީ މި ކައުންސިލުންނެވެ. ވުމާއެކު މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެމްބަރ 2025 13:00 ގެ ކުރިން އިސްތިހާރު ބޯޑްޖަހާ ޑިޒައިން އަދި -/1000ރުފިޔާ (އެއްހާސްރުފިޔާ) މިކައުންސިލަށް ދެއްކެވުމަށް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބަނޑިދޫ ޔޫތް އެސޯސިއޭޓް ހަސަން ހަނީފް 7909781 އާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.
