ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން އޭ.ޑީ.ބީގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ އެންހޭންސް ކްލައިމެޓް ރިޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓުގެ ވިޒުއަލް އައިޓެންޓިޓީ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ (IUL)88-ECRFS/438/2025/09 އާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަން ތަކުގެ އަގު އަންދާޒާކުރާ އަގަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންތައް ބާތިލުކޮށް އަލުން މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ ރިކުއެސްޓް ފޮރ ކޯޓޭޝަން ޑޮކިއުމެންޓް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ކޯޓޭޝަން ހުށަހެޅުން:
ގަޑި: 14:00
ތާރީޙް: 20 ނޮވެމްބަރ 2025 (ބުރާސްފަތި)
އީމެއިލް އެޑްރެސް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 17 ނޮވެމްވަރ 2025 ވާ ހޯމަ ދުވަހު 10:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި އިއުލާނު ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޯޓޭޝަން ފޮނުއްވާއިރު ސަބްޖެކްޓުގައި ތިރީގައި ވާ ގޮތަށް ސަބްޖެކްޓުގައި ލިޔަންވާނެއެވެ.
“Development of Visual Identity for Enhancing Climate Resilience and Food Security project– (IUL)88-ECRFS/438/2025/11”
