ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން އިކޯ ސެންޓަރުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުން.
ވޭޖް އެންޕްލޯއިމަންޓް އުސޫލުން އިކޯސެންޓަރުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ.
މަސައްކަތު ވަގުތު: ދުވާލަކު 6 ގަޑިއިރު
މުސާރަ: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު ގަޑިއިރަކަށް 50 ރުފިޔާ (ޕެންޝަން ކޮންޓރިބިޔުޝަން ހިމެނިގެން)
ވީމާ މި ޕޫލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި އެހެނިހެން ލިޔެކިޔުންތައް 2025 ނޮވެންބަރު 19 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޕޫލްގައި ބައިވެރިވުމަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ. މި ޕޫލްގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
