ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖީނިއަރިން ޑިޕާރޓްމަންޓް

މަޤާމް:

ސީނިއަރ ޓެކްނީޝަން

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން
  •  ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • އައި.ޓީ ހެލްޕްޑެސްކަށް ލިބޭ ފޯނު ކޯލްތަކާއި ރިކުއެސްޓްތައް އެކަށީގެންވާ ގޮތެއްގައި ހައްލުކުރުމާއި، އިސް ފަރާތްތަކަށް އެސްކެލޭޓްކުރުން.
  • ސްޓެލްކޯ އިންޖީނުގެ ހުންނަ ރަށްތަކުގައި ނެޓްވޯރކު ޤާއިމްކުރުމާއި ބަލަހައްޓައި މަރާމާތުކުރުމުގައި އެހީތެރިވުން.
  • ކޮމްޕިއުޓަރ ހާޑްވެއަރ ސެޓަޕްކުރުމާއި ހާޑްވެއަރ އަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ކޮމްޕިއުޓަރ ސޮފްޓްވެއަރ އަޅާދިނުމާއ ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ކުންފުނީގެ ސީސީޓީވީ ނެޓްވޯކް ބެލެހެއްޓުމާއި، މަރާމާތުކުރުމާއި އަދި އަޕްގްރޭޑްކުރުމުގެ މަސައްކަށްތަކަށް އެހީތެރިވުން.
  • ކުންފުނީގެ ޓެލެފޯން ނެޓްވޯކް ބަލަހައްޓައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  • އައި.ޓީ އެސެޓް މެނޭޖްމަންޓްގެ މަސައްކަތްތައް ހަރުދަނާކޮށް ބެލެހެއްޓުމާއި، އެސެޓްތަކުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

17 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 17 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

21 ޖުމާދަލްއޫލާ 1447

12 ނޮވެންބަރު 2025

12 ނޮވެންބަރު 2025
ހޯދާ