ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމްގެ ދަށުން މި ކޯޕަރޭޝަންގެ ތިރީގައިމިވާ ދާއިރާތަކަށް ބައިވެރިން ބޭނުންވެއްޖެއެވެ.
|
ދާއިރާ: |
އެސިސްޓެންޓް އައި.ސީ.ޓީ އޮފިސަރ (ޓްރެއިނީ) |
|
ބޭނުންވާ އަދަދު: |
04 (ހަތަރެއް) |
|
ގިންތި: |
ކޮންޓްރެކްޓް (06 މަސް) |
|
އެލަވަންސް: |
މަހަކު -/5000 ރުފިޔާ |
|
މަސައްކަތް ކުރަން ޖެހޭތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 03 ނުވަތަ 04 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޝަންގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް އައި.ޓީ ދާއިރާއިން ހުއްޓުމެއް ނާންނާނެހެން ސުޕަވައިޒަރުގެ އިރުޝާދާއި އެކު މަސައްކަތް ކުރުން. - ކޯޕަރޭޝަންގެ ސަރވަރތައް ބެލެހެއްޓުމުގައި އެހީވުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް ސަރވަރތަކުގެ ހާލަތު ބަލައި އެތަކެއްޗާމެދު ޔުނިޓު ހިންގަވަން ހުންނަ ވެރިޔަކު ދެއްވާ އިރުޝާދުގެ ދަށުން ޢަމަލުކުރުން. - ކޯޕަރޭޝަންގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަލަށް ގެންނަ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އައިޓީ އިކުއިޕްމަންޓް އިންސްޓޯލްކުރުން. - ކޯޕަރޭޝަންގެ ކޮމްޕިޔުޓަރ ނެޓްވާރކް، ފަޔަރވޯލް އަދި ވައިފައި ޑިވައިސްތައް ސެޓްކޮށްދިނުމުގެ އިތުރުން އެތަކެތި ބެލެހެއްޓުން. - ކޯޕަރޭޝަންގައި ބޭނުންކުރާ ޚާއްސަ ސޮފްޓްވެއަރތައް ބެލެހެއްޓުމާއި އެއާއި ގުޅުންހުރި ވަސީލަތްތައް ސެޓްކޮށްދިނުމާއި ޑޭޓާބޭސް ބެކަޕް އަދި ދުވަހުންދުވަހަށް ބަލަހައްޓަންޖެހޭ ކަންކަން (ސާވާތައް އަދި އައި.ޓީ އާއި ގުޅުންހުރި ތަކެތީގެ) މައްސަލައެއް އުޅޭތޯބަލައި އަދި މައްސަލައެއް އުޅޭނަމަ ލަސްނުކޮށް ސެކްޝަންހެޑް ނުވަތަ އަންގަންޖެހޭ އެންމެ އިސްވެރިޔަކަށް އަންގައި އެކަމަށް ހައްލުހޯދައިދިނުމުގައި އެހީވުން. - ކޯޕަރޭޝަންގެ ފަރާތުން ހިންގާ ކަންތައް ތަކާއި އަތޮޅު ތެރޭގައި މިކޯޕަރޭޝަންގެ ފަރާތުން އައި.ޓީ ސަޕޯޓް ދޭންޖެހޭ ރަށްރަށަށް ސަޕޯޓް ދިނުމުގެ އިތުރުން، އެރަށަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެރަށަކަށްގޮސް މަސައްކަތް ކުރުން. - ކޯޕަރޭޝަންގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާ، ޕްރިންޓަރ ތަކާއި އެހެނިހެން އައި.ޓީ. ދާއިރާއާ ގުޅޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގައި ޙައްލުކުރެވެން ހުރިވަރަކުން ޙައްލުކުރުމާއި ނުކުރެވޭވަރުގެ ކަންތައްތައް އެކަމާ ގުޅޭ ސެކްޝަނާ ގުޅިގެން އެކަމާބެހޭ މީހުން ލައްވާ ރަނގަޅުކުރެވޭތޯ ބެލުން. - ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތް ނޯޓްކުރުމާއި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު އޮފީސް ނިމުމުގެ ކުރިން ސުޕަވައިޒަރއަށް ހަފްތާގެ މަސައްކަތުގެ ތަފްސީލް މެއިލް ކުރުން ނުވަތަ ޑޮކިއުމެންޓް ޝެއާރ ކޮށްދިނުން. - ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ތެދު މައުލޫމާތު ފޯރުކޮށްދިނުން. - މަސައްކަތުގެ ދާއިރާގައި ހަވާލު ކުރެވޭ އެހެނިހެން ކަންކަމަށް އެހީތެރިވުން. - މީގެ އިތުރުން ޑިޕާޓްމެންޓް ހިންގަވަން ހުންނަވެރިޔަކު ނުވަތަ އޮފީސް ހިންގުމާއި ހަވާލުވެ ހުންނެވި ވެރިއަކު ހަވާލުކުރައްވާ އޮފީހުގެ މަސައްކަތް ކުރުން. |
|
ދާއިރާ: |
އެސިސްޓެންޓް އިންކްލޫޝަން އޮފިސަރ (ޓްރެއިނީ) |
|
ބޭނުންވާ އަދަދު: |
- 01 (އެކެއް) |
|
ގިންތި: |
- ކޮންޓްރެކްޓް (06 މަސް) |
|
އެލަވަންސް: |
- މަހަކު -/5000 ރުފިޔާ |
|
މަސައްކަތް ކުރަން ޖެހޭތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދެއް ހާސިލްކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ލިޔެކިޔުންތައް ފައިލްކުރުމާއި، ޑޭޓާ އެންޓްރީއާއި، ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވުން. - އަލަށް ވަންނަ މުވައްޒަފުންނަށް އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް އެހީތެރިވުން. - ބައްދަލުވުންތަކުގެ ތާވަލުތައް ބެލެހެއްޓުމާއި، ޔައުމިއްޔާ ލިޔުމާއި، މުވާޞަލާތީ ކަންކަން ބެލެހެއްޓުން. - ޕީޑަބްލިއުޑީގެ ރެކޯޑުތައް ބެލެހެއްޓުން. - ހުރިހާ ޓީމް މެންބަރުންނަށް އާންމު އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. - މުވައްޒަފުންގެ އެކްސެސިބިލިޓީ ބޭނުންތަކާއި ޚާއްޞަ އެހީތެރިކަމަށް އެދޭ ހުށަހެޅުންތަކަށް އެހީތެރިވުން. - އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީގެ ވުޒާރާއަށް ހުށަހަޅާ ރިޕޯޓުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި އެހީތެރިވުން. - ޕީޑަބްލިއުޑީ އަށް އެހީތެރިވާ އޭޖެންސީތަކާއެކު ދުވަހުން ދުވަހަށް ކުރެވޭ މުޢާމަލާތްތައް ބެލެހެއްޓުން. |
|
ދާއިރާ: |
އެސިސްޓެންޓް ކާޕެންޓަރ (ޓްރެއިނީ) |
|
ބޭނުންވާ އަދަދު: |
- 01 (އެކެއް) |
|
ގިންތި: |
- ކޮންޓްރެކްޓް (06 މަސް) |
|
އެލަވަންސް: |
- މަހަކު -/5000 ރުފިޔާ |
|
މަސައްކަތް ކުރަން ޖެހޭތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ގްރޭޓާ މާލެ ސަރަހައްދުގެ ސައިޓް ތަކުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދެއް ހާސިލްކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން ނުވަތަ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން. - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޑިޒައިންތަކާއި މިންގަނޑުތަކާ އެއްގޮތަށް ލަކުޑިން ތަކެތި ތައްޔާރުކުމުގައި އެހީތެރިވުން. - އޮފީހަށް ބޭނުންވާ އެކި ބާވަތުގެ ފަރނީޗަރ (މޭޒު، ގޮނޑި، އަލަމާރި، ކެބިނެޓް ފަދަ ތަކެތި) ތައްޔާރުކުރުމުގައި އެހީތެރިވުން. - ހަލާކުވެފައިވާ ނުވަތަ ބޭނުންނުކުރެވޭ ހާލަތުގައި ހުރި ފަރނީޗަރ މަރާމާތުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން. - ކޮންކްރީޓް މަސައްކަތްތަކަށް ބޭނުންވާ ފޯމްވޯކް (މޯލްޑް) އާއި، އެހެނިހެން ލަކުޑިއާއި، ފައިބަރގުލާ ބޭނުންކޮށްގެން އޮނިގަނޑުތައް ހެދުމުގައި އެހީތެރިވުން. - ލަކުޑީގެ މަސައްކަތް ލަކުޑި ކެނޑުމާއި، ގުޅުވުމާއި، ފިނިޝިންގް މަސައްކަތްތައް ކުރުމުގައި އެހީތެރިވުން. - ބްލޫޕްރިންޓްތަކާއި، ޑިޒައިން ސްކެޗްތައް ކިޔައި، އެއާ އެއްގޮތަށް މަސައްކަތްކުރުމުގައި އެހީތެރިވުން. - ކާޕެންޓަރީ މަސައްކަތަށް ބޭނުންވާ ހުރިހާ އާލާތްތަކާއި މެޝިނަރީތައް ރައްކާތެރިކަމާއެކު ބޭނުންކުރުމާއި، ސާފުކޮށް ބެލެހެއްޓުން. - ކުރާ މަސައްކަތްތަކުގެ ކުރިއެރުމާއި ދިމާވާ މައްސަލަތައް ސުޕަވައިޒަރަށް ރިޕޯޓްކުރުން. - މަސައްކަތުގެ މާހައުލުގައި ސަލާމަތީ ގަވާއިދުތަކަށާއި، ސިއްޙީ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވެ، ރައްކާތެރިކަމާއެކު މަސައްކަތްކުރުން. - ކާޕެންޓަރީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
|
ދާއިރާ: |
- އެސިސްޓެންޓް އިލެކްޓްރިޝަން (ޓްރެއިނީ) |
|
ބޭނުންވާ އަދަދު: |
- 01 (އެކެއް) |
|
ގިންތި: |
- ކޮންޓްރެކްޓް (06 މަސް) |
|
އެލަވަންސް: |
- މަހަކު -/5000 ރުފިޔާ |
|
މަސައްކަތް ކުރަން ޖެހޭތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ގްރޭޓާ މާލެ ސަރަހައްދުގެ ސައިޓް ތަކުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދެއް ހާސިލްކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން ނުވަތަ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް މަސައްކަތުގެ ތެރެއިން ކުންފުނީގެ އިމާރާތްތަކުގައާއި، އުޅަނދުތަކާއި، ޕަވަރ ޓޫލްސްއާއި، މެޝިނަރީސް އަދި އެންމެހާ އިކުއިޕްމަންޓްސްގެ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އާއި ގުޅުންހުރި މަރާމާތުކޮށް ބެލެހެއްޓުމުގައި އެހީތެރިވުމާއި، އެކަންކަމަށް ބޭނުންވާ ސްޕެއަރ ހޯދުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެދިނުން. - ސެކްޝަންގައި ކުރެވޭ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން. - މަސައްކަތްތައް ކުރުމުގައި ޚަރަދަށްބަލައި ކުންފުންޏަށް އެންމެ ފައިދާބޮޑުވާނެގޮތަކަށް ކުރިޔަށް ގެންދިއުން. - ކޯޕަރޭޝަންގެ ސައިޓްތަކުގައިހުރި މެޝިނަރީ އާއި ވެހިކަލްތަކަށް ދިމާވާ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް މައްސަލަތައް، އެސައިޓަކުން ހައްލުނުކުރެވޭ ހާލަތެއްގައި އެސައިޓަކަށްގޮސް ހައްލުކުރުމުގައި އެހީތެރިވުން. - މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަށް އެޅިގެން މަސައްކަތް ކުރެވޭކަން ޔަގީންކޮށް ކަށަވަރުކުރުން. - މަސައްކަތުގައި ގެންގުޅޭ އެންމެހާ އާލާތްތަކާއި ވަސީލަތްތަށް ރައްކާތެރިކަމާއި ސާފުތާހިރުކަމާއި އެކު ބެލެހެއްޓޭކަން ކަށަވަރުކުރުން. - މަސައްކަތު މާހައުލުގެ ސާފުތާހިރުކަން ބެލެހެއްޓޭކަން ކަށަވަރުކުރުން. |
|
ދާއިރާ: |
- އެސިސްޓެންޓް ބިލްޑިންގ މެއިންޓަނެންސް އޮފިސަރ (ޓްރެއިނީ) |
|
ބޭނުންވާ އަދަދު: |
- 01 (އެކެއް) |
|
ގިންތި: |
- ކޮންޓްރެކްޓް (06 މަސް) |
|
އެލަވަންސް: |
- މަހަކު -/5000 ރުފިޔާ |
|
މަސައްކަތް ކުރަން ޖެހޭތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ގްރޭޓާ މާލެ ސަރަހައްދުގެ ސައިޓް ތަކުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދެއް ހާސިލްކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން ނުވަތަ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސެކްޝަންގައިތިބޭ މުވައްޒަފުންނާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން. - ސެކްޝަންގެ އެންމެހާ ލިޔެކިޔުން ފުރިހަމަކުރުމަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން. - ކޯޕަރޭޝަންގެ އެންމެހާ އިމާރާތްތަކުގެ އާބާތުރަ ފިލުވުމާއި މަރާމާތުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން. - މަސައްކަތުގައި ގެންގުޅޭ އެންމެހާ އާލާތްތަކާއި މެޝިނަރީސް ރައްކާތެރިކަމާއި ސާފުތާހިރުކަމާއި އެކު ބެލެހެއްޓުން. - މަސައްކަތު މާހައުލުގެ ސާފުތާހިރުކަން ބެލެހެއްޓުން. - މަސައްކަތްތައް ކުރުމުގައި ޚަރަދަށްބަލައި ކުންފުންޏަށް އެންމެ ފައިދާބޮޑުވާނެގޮތަކަށް ކުރިޔަށް ގެންދިއުން. - ޑިޕާޓްމަންޓުން ހަވާލުވާ އެންމެހާ މަސައްކަތްތައް ޤަވާއިދުން ކުރުން. - މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަށް އެޅިގެން މަސައްކަތް ކުރެވޭކަން ޔަގީންކޮށް ކަށަވަރުކުރުން. |
|
ދާއިރާ: |
- އެސިސްޓެންޓް ވެލްޑަރ (ޓްރެއިނީ) |
|
ބޭނުންވާ އަދަދު: |
- 01 (އެކެއް) |
|
ގިންތި: |
- ކޮންޓްރެކްޓް (06 މަސް) |
|
އެލަވަންސް: |
- މަހަކު -/5000 ރުފިޔާ |
|
މަސައްކަތް ކުރަން ޖެހޭތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ގްރޭޓާ މާލެ ސަރަހައްދުގެ ސައިޓް ތަކުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދެއް ހާސިލްކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން ނުވަތަ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ވެލްޑް ކުރަން ބޭނުންވާ ތަކެތި (މިސާލަކަށް: ދަގަނޑު، އެލްމިނިއަމް) ބޭނުންވާ މިންވަރަށް ކެފުމާއި، ގްރައިންޑްކޮށް ސާފުކުރުން. - ވެލްޑަރުންނަށް ވެލްޑިން މަސައްކަތުގައާއި އަދި ވޯކުޝޮޕްގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން. މީގެ ތެރޭގައި ވެލްޑް ކުރުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމާއި، ވެލްޑް ކުރުމަށްފަހު އެ ސަރަހައްދު ސާފުކުރުން ހިމެނެއެވެ. - މަސައްކަތަށް ބޭނުންކުރާ އާލާތްތަކާއި އެހެނިހެން ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމާއި، ސާފުކޮށް ތަރުތީބުކޮށް ބެހެއްޓުން. - އުޅަނދުތަކާއި މެޝިނަރީޒްގެ ބައިތައް ވެލްޑް ކުރުމަށްޓަކައި ނުވަތަ މަރާމާތު ކުރުމަށްޓަކައި، ކްރޭން ނުވަތަ އެހެނިހެން އެހީއާއެކު އުފުލުމަށް އެހީތެރިވުން. - ސެކްޝަންގައިތިބޭ މުވައްޒަފުންނާއިއެކު މަސައްކަތްކުރުމާއި، އެހެން މުއައްޒަފުންނަށް އުނގަންނައިދިނުން. - ސެކްޝަންގެ އެންމެހާ ލިޔެކިޔުން ފުރިހަމަކުރުމަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން. - މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަށް މުއާމަލާތް ކުރަންޖެހޭ އެންމެހާ ފަރާތްތަކާއި މުއާމަލާތުކޮށް، ވީ އެންމެ އަވަހަކަށް އެތަކެތި ހޯދުމަށް މަސައްކަތްކުރުން. - ސެކްޝަނާއި ހަވާލުކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ހޯދާ، އެ މައުލޫމާތު ސެކްޝަންގެ މުއައްޒަފުންނަށް ފުރިހަމައަށް ފޯރުކޮށްދީ، ކުރެވޭ މަސައްކަތަކީ އެންމެ ފުރިހަމައަށް ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރުން. - ސެކްޝަންގެ މަސައްކަތްތަކަށް ހޯދޭ ތަކެއްޗަކީ އެކަމަކަށް އެންމެ އެކަށީގެންވާ ރަނގަޅު ތަކެތިކަން ޔަގީންކޮށް ކަށަވަރުކުރުން. - މަސައްކަތު މާހައުލުގެ ސާފުތާހިރުކަން ބެލެހެއްޓޭކަން ކަށަވަރުކުރުން. - މަސައްކަތްތައް ރޭވުމާއި، ކުރުމުގައި ޚަރަދަށްބަލައި ކުންފުންޏަށް އެންމެ ފައިދާބޮޑުވާނެގޮތަކަށް ކުރިޔަށް ގެންދިއުން. - ޑިޕާޓްމަންޓުން ހަވާލުވާ އެންމެހާ މަސައްކަތްތައް ޤަވާއިދުން ކުރެވެމުންދާކަން ޔަގީންކުރުން. - މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަށް އެޅިގެން މަސައްކަތް ކުރެވޭކަން ޔަގީންކޮށް ކަށަވަރުކުރުން. |
|
ސުންގަޑި: |
- މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 17 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރު މަހުގެ ތާރީޚެއްގައިއެވެ. |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
21 ޖުމާދުލްޢޫލާ 1447
