ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނެޝަނަލް ޖޫނިއަރ ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގައި ބައިވެރި ވުމާއި ބެހޭ:

އިޢުލާން

ނެޝަނަލް ޖޫނިއަރ ވޮލީބޯލް ޗެމްޕިއަންޝިޕް 2025ގައި ބައިވެރި ވުމާއި ބެހޭ:

 

މުބާރާތް ފަށާ ތާރީޚް:

21 ނޮވެމްބަރ 2025

މުބާރާތް ބޭއްވޭތަން:

އެކުވެނި ޓަރފް ވޮލީ ކޯޓުތަކުގައި

މުބާރާތް ކުޅެވޭ ޑިވިޜަން:

އަންހެން އަދި ފިރިހެން ޑިވިޜަން

މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

މުބާރާތުގައި ބައިވެރިވެވޭނީ މިއެސޯސިއޭޝަންގެ މެމްބަރޝިޕް ލިބިފައިވާ ފަރާތްތަކުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ކްލަބް / ޖަމްޢިއްޔާ / ޖަމާޢަތްތަކަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑި:

2025 ނޮވެމްބަރ 16 ވާ އާދީއްތަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއި ގަޑި:

2025 ނޮވެމްބަރ 17 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން

މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ތަން:

[email protected]   

މުބާރާތުގައި ބައިވެރި ވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެންހުންނާނީ

އިއުލާނާއި އެކު އެޓޭޗް ކުރެވިފައި

އިތުރު މަޢުލޫމާތު:

  3317015

 

ސުންގަޑި ހަމަވުމަށްފަހު ފޮނުވާ އެއްވެސް ފޯމެއް ބަލައިނުގަންނާނެ ވާހަކަ އެންމެހާ ފަރަތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވާލަން.

12 ނޮވެންބަރު 2025
ހޯދާ