ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: (IUL)262/262/2025/107
ވަރުވާއަށް ދޫކޮށްފައިވާރުއްތަކުން ކާށި ހޮވުމާއި ގުޅޭ
ވަރުވާއަށް ދޫކޮށްފައިވާ ރުއްގަނޑުތަކުން، ޢާންމުންނަށް ގޭގައި ކެއުމަށް ބޭނުންކުރާނެ ކާށި ހޮވުމަށް މީގެކުރިން ކައުންސިލުން ހަމަޖައްސާފައިވަނީ ބުރާސްފަތި، ހުކުރު، ހޮނިހިރު 3 ދުވަސް ކަމުގައި ވީނަމަވެސް، މީގެފަހުން ވަރުވާއަށް ދޫކޮށްފައިވާ ރުއްގަނޑުތަކުން، ޢާއްމުން ގޭގައި ކެއުމަށް ބޭނުންކުރާނެ ކާށި ހޮވުމަށް، ކައުންސިލުން ހަމަޖައްސާފައިވަނީ ހުކުރު، ހޮނިހިރު، މިދެދުވަހު އެކަނިކަމުގައި ދަންނަވަމެވެ.
ވީމާ، މި 2 ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ވަރުވާއަށް ދޫކޮށްފައިވާ ރުއްގަނޑުތަކުން ޢާންމު ފަރާތްތަކުން ކާށި ހޮވުމާއި ކާށި ހޮވާ ވަލުތެރޭގައި ފޮރުވާފައި ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެކެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
21 ޖުމާދުލްއޫލާ 1447
12 ނޮވެމްބަރ 2025
