މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި ހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމާއޮބެހޭ:

އިޢުލާން

ބަނދަރުމަތީގައި ހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމާބެހޭ:

 އެނގިވަޑައިގަންނަވާނޭ ފަދައިން ކޮންމެ ރަށެއްގައިވެސް އެރަށެއްގެ މޫނުމައްޗަށްވާގޮތަށް އޮންނަ ބަނދަރަކީ ވަރަށް ރީތިކޮށް ސާފުކޮށް އަދި ރަށަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށާއި އެނޫންވެސް ގޮތްގޮތުން ބަނދަރު ބޭނުނަކުރަށްވާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް އޮންނަންވާނެތަނެކެވެ. އެގޮތުން ބަނދަރުމަތީގައި އެއްވެސް ބާވަތެއްގެ މުދަލެއް، އެއްވެސް ފަރާތަކުން ބަހައްޓާނަމަ ބަހައްޓަންވާނީ މިރަށުގެ ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދު (2013/R-804) ގެ ދަށުން ކައުންސިލްގެ ހުއްދަ ލިބިގެން ކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެއްނެވީމެވެ. އަދި ދެންނެވުނު ޤަވާއިދާ ޙިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމާއި އިތުރަށް ތަކުރާރުކުރާނަމަ ޖޫރިމަނާ ކުރުމުގެ ފުރިހަމަ އިޙްތިޔާރާއި ބާރު އެޤަވާއިދުގެ (ރ) ގެ ދަށުން މިކައުންސިލަށް ލިބިގެންވެއެވެ.

 

ވީމާ، މިރަށުގެ ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ މުދަލާއި ތަކެތި، މިއަދުން ފެށިގެން   7(ހަތެއް) ދުވަހުގެ ތެރޭގައި ( ބަންދުދުވަސްތައް ހިމެނޭނެގޮތަށް ) ނަގައި ބަނދަރު ސަރަޙައްދު ސާފުކުރުމަށް އެންމެހާ ފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައު އެތަކެތި ބަނދަރު ސަރަޙްއްދުން ނަގާފައި ނުވާނަމަ، ބަނދަރު ސާފުކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން މި ކައުންސިލުން ކުރާނެކަމުގައި ދައްނަވަމެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ނޮވެންބަރު 2025
ހޯދާ