މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ 8 މަސްދޯނި ކުއްޔަށްދިނުން

 މ.ކޮޅުފުށީ ރައްޔިތުންގެ މަސްދޯނި "ދުރުރާސްތާ 8" (85 ފޫޓް)، ކުއްޔަށް ދިނުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. ދޯނި ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެމްބަރ 2025 އިން  23 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14:00 އާއި ދެމެދު (ރަސްމީ ދުވަސްތަކުގައި) މިއިދާރާއަށް ދުރުވެ، ދޯނި ކުއްޔަށް ދިނުމާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ބިޑުފޮތް ބައްލަވައިގަތުން އެދެމެވެ. ބިޑުފޮތެއްގެ އަގަކީ -/1000 ( އެއްހާސް ) ރުފިޔާއެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމަށް 24 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ދޯންޏާއިގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6720606 ގުޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ބިޑުފޮތް ބައްލަވައިގަނެފައިވާ ފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ

10 ނޮވެންބަރު 2025
ހޯދާ