މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ 1 (އެކެއް) ކެމެރާ އަދި އެއާއި ގުޅުންހުރި ތަކެތި، 1 (އެކެއް) ކޮމްޕިއުޓަރ ސިސްޓަމް އަދި 1 (އެކެއް) ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

     މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ 1 (އެކެއް) ކެމެރާ އަދި އެއާއި ގުޅުންހުރި ތަކެތި، 1 (އެކެއް) ކޮމްޕިއުޓަރ ސިސްޓަމް އަދި 1 (އެކެއް) ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

     ބީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

10 ނޮވެންބަރު 2025
ހޯދާ