ދިވެހިރާއްޖެ
ދ.މީދޫގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް "ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ފާސްކުރުމަށް 2025 ސެޕްޓެންބަރު 28 ވަނަ ދުވަހު ބޭއްވުނު މިކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 28 ވަނަ އާންމު ޖަލްސާއިން ފާސްކޮށް ރަށުގެ ޗާޓުގައި ފާހަގަ ކޮށްފައިވާ އަމީނީމަގުން ދެކުނަށް ހިއްކިބިމުގައި ދިރިއުޅުމަށް ދޫކުރުމަށް ކަނޑައަޅާފައިވާ 1200 (ބާރަ ސަތޭކަ) އަކަފޫޓުގެ 140 (ސަތޭކަ ސާޅީސް) ގެވަޅު އޮތް ސަރަހައްދުން (ރަށުގެ ހިއްކި ސަރަޙައްދުން އަމީނީމަގުގެ ދެކުނު) ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު، އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ފޯމް ދޫކުރުން
ފޯމް ދޫކުރާނީ: މިއިދާރާގެ ކައުންޓަރުންނެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްއިން ވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
ފޯމް ދޫކުރާ ތާރީޚް:12 ނޮވެންބަރު 2025 ވާ ބުދަ ދުވަހުންފެށިގެންނެވެ.
ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00ން 13:00ށް
ފޯމް ބަލައިގަތުން
ފޯމް ބަލައިގަންނާނީ: ދ. މީދޫ ކައުންސިލް އިދާރާ
ފޯމް ބަލައިގަތުން އޮންނާނީ: 2025 ނޮވެމްބަރު 12 ވާ ބުދަ ދުވަހުން ފެށިގެން 01 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 13:00ށެވެ.
ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00ށް
ނޯޓް: މި އިޢުލާނާއި އެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެ އެވެ.
- ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު (PP)375/375/2025/2
- ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
- ގޯތިދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓް، ރަށުގެ ބިނާވެށި ޕްލޭން (ގޯތި ދޫކުރުމުގެ އުޞޫލުގެ ޖަދުވަލު ބައިގައި ހިމެނިފައި)
- އިޤްރާރް ފޯމް.
