ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ

މި އޮފީހުގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ

މި އިދާރާގައި ހުރި ބައުވެފައިވާ ތަކެތި ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން، އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައި ނުވާތީ، މި ތަކެތި ނީލަމުގައި ވިއްކާލުމަށް ނިންމާފައިވެއެވެ.

ނީލަންކިޔުން އޮންނާނީ 15 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން އެދުވަހުގެ އެގަޑިޔަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. 

           ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ތަކެއްޗަށް ފައިސާ ދައްކަވަންވާނެއެވެ. ފައިސާ ދެއްކެވުމަށްފަހު، 7 (ހަތެއް) ދުވަހުގެ ތެރޭގައި މުދާ ގެންދަވަންވާނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކަވާ ނުވަތަ މުދާ ނުގެންދަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރުވެސް މި ކައުންސިލަށް ލިބިގެންވެއެވެ. ނީލަމުގައި ވިއްކާލެވޭ ތަކެތީގެ ލިސްޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

            މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި 7905301 ނަންބަރު ފޯނަށް ގުޅުއްވައި ނުވަތަ ކައުންސިލް އިދާރާއަށް ވަޑައިގެން ސާފުކުރެއްވުން އެދެމެވެ.

06 ނޮވެންބަރު 2025
ހޯދާ