މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ކައުންސިލް ޤުރުއާން މުބާރާތާއިގުޅޭ

އިޢުލާން

  1447 ވަނަ އަހަރުގެކައުންސިލްގެ   ޤުރުއާން މުބާރާތާއިގުޅޭ

 

މި ކައުންސިލްގެ ނަންބަރު (IUL)299/299/2024/34 (06 ނޮވެމްބަރު 2025) އިޢުލާނުގައި ކަނޑައެޅުނު ތާރީޚުގައި ޤުރުއާން މުބާރާތް ބޭއްވިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް ރ.ވާދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އަލުން އިޢުލާން ކުރީމެވެ.

 

މިކައުންސިލުން ރ.ވާދޫގެ ރަށްވެހިންނަށާއި، ވާދޫގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތްތަކަށް  އާންމުކޮށް ހުޅުވާލައިގެން މިހިނގާ 1447 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތް އޮންނާނީ، 2025 ނޮވެމްބަރ 29 ވާ ހޮނިހިރު ދުވަހުގައެވެ. މިމުބާރާތުގައި ކިޔަވަންޖެހޭ އުމުރުފުރާތަކާއި މުޤައްރަރު          މި އިޢުލާނާއިއެކު ޢާންމުކުރެވިފައިވާނެއެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން "މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް ޤުރުއާން މުބާރާތް –1447 ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ރަސްމީ ވަގުތުތަކުގައި މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.

 

‏20‏ ޖުމާދަލްއޫލާ‏ 1447

10 ނޮވެންބަރު 2025
ހޯދާ