ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގޭބިސީތަކުގެ މަޢްލޫމާތު" ހޯދުން.

          1447ވަނަ އަހަރުގެ ރަމަޟާންމަހުގެ މުނާސަބަތުގައި، ދިވެހި ގޭބިސީތަކަށް ސަރުކާރުގެ ފަރާތުން ދެއްވާ ރޯދަ ހަދިޔާއަށް، ގޭބިސީ ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުމާލަމެވެ. ގޭބިސީތައް ރަޖިސްޓްރީކުރާނީ، https://www.google.com/forms/about/?utm_source=product&utm_medium=forms_logo&utm_campaign=forms

ގޫގްލް ފޯމްގެ ޒަރީޢާއިންނެވެ. ސުންގަޑިއަކީ މިހިނގާ ނޮވެމްބަރ މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށެޗެ.  ގޭބިސީގެ ގޮތުގައި ބަލާނީ ވަކިން ކައްކާ ކައިބޮއެ ހަދާ ދިވެހި ގޭބިސީތައް. އެއްގެއްގައި ވަކިން ކައްކާ ކައިބޮއެ ހަދާ އެއްބިސީއަށްވުރެ ގިނަ ނަމަ، އެގޭބިސީއަކުން ވަކިން ފޯމް ފުރުއްވުން އެދެން. ކުރެންދޫގައި ރަށްވެހިކަން ރަޖިސްޓްރީވެފައި އޮތް ނަމަވެސް، ޢާއްމު ދިރިއުޅުން ރަށުން ބޭރުގައި އުޅޭ ފަރާތްތަކަކީ ކުރެންދޫގެ ގޭބިސީގެ ގޮތުގައެއް ނުބެލެވޭނެއެވެ. ފޯމް ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކުރެންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

 

          މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

06 ނޮވެންބަރު 2025
ހޯދާ