ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ހދ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް، ހދ.އަތޮޅުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާތަކުގެ އަންހެން އަދި ފިރިހެން ފުޓްސަލް ޓީމްތަކަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކް މެދުވެރިކޮށް 20 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ލިންކް: https://haadhaal.gov.mv/Futsal2025

މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއި އެކު ޢާންމު ކުރެވިފައިވާނެއެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6521702 އަށެވެ.

10 ނޮވެންބަރު 2025
ހޯދާ