ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ އީ.އީ.ޖީ. ރޫމްގެ ބީ.އޯ.ކިއު އަދި އެރޫމް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި ފްލޯ ޕްލޭންއާ އެއްގޮތަށް، ހޮސްޕިޓަލުގެ ކުރީގެ ޑައިލަސިސް އޭރިއާ އަލުން ފަރުމާކޮށް އީ.އީ.ޖީ ރޫމް، ވީޑިއޯ އީ.އީ.ޖީ ރޫމް، މޮނިޓަރިންގ ރޫމް އަދި ޔޫރޯޑައިނަމިކްސް ލެބް ޤާއިމުކުރުމަށް ހުޅުވާލެވުނު ބީލަމަށް (TENDER/HMH/2025/033) ހުށަހެޅިފައިވާ އަގުތަކަކީ މަސައްކަތުގެ އަގަށްވުރެ ބޮޑު އަގުތަކެއް ކަމަށްވާތީ، މި ބީލަން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2025 ނޮވެންބަރު 15ވާ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބިޑް ރެޖިސްޓްރޭޝަން ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓާވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 

ރެޖިސްޓާވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

https://forms.gle/QDJeogdb672qVSGC6

 

 

ޕްރީބިޑް މީޓިންގް:

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން 2025 ނޮވެންބަރު 16ވާ ދުވަހުގެ 11:30 ގައި ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ.

ޕްރީ ބިޑް މީޓިންއަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

އަންދާސީ
ހިސާބު ހުށަހެޅުން:

2025 ނޮވެންބަރު 23 ވާ ދުވަހުގެ ހެނދުނު 12:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

     

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350113 / 3350121

އީ-މެއިލް: [email protected]

10 ނޮވެންބަރު 2025
ހޯދާ