ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް 4 ޑިސެންބަރު 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައިވޯޓުދިނުމުގެ ޙައްޤު، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ޤާނޫނީ ވަކީލުންނަށް ލިބިގެންވެއެވެ. (ލިންކް:https://maldivesbarcouncil.org/membership-roll/)

 

މި ދަފުތަރާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، އެ ޝަކުވާއެއް ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 12 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

ޝަކުވާ ފޯމުގެ ލިންކް: https://forms.gle/Pg26HYDNfmFRMNSf7

09 ނޮވެންބަރު 2025
ހޯދާ