ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން 2025

ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 11 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ބަލައިގަންނާނީ 9 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން، 18 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 15:00ގެ ނިޔަލަށް ބާ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ ހުށަހެޅުމުންނެވެ. ނުވަތަ ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އީމެއިލް ([email protected]) މެދުވެރިކޮށް ބާ ކައުންސިލަށް ފޯމު ހުށަހެޅިދާނެއެވެ.

 ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  2. ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދި
  3. ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.  

  ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި ހުށަހަޅަންވާނެއެވެ.

  1. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު؛
  2. އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިޝާން/ލޯގޯ؛
  3. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށްފައިވާ ދަރަނީގެ ރިކޯޑާއި ކުށުގެ ރިކޯޑު ސާފުކޮށްފައިވާކަން އެނގޭނެ ލިޔުން؛
  4. އިންތިޚާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ (JPEG ފޯމެޓުގައި) ސޮފްޓް ކޮޕީ)؛
  5. އިންތިޚާބަށް ކުރިމަތިލާ މީހާގެ މަންދޫބުންގެ ގޮތުގައި އައްޔަންކުރާ މީހުންގެ މަޢުލޫމާތު ޝީޓު؛ އަދި
  6. އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ 5,000ރ. (ފަސްހާސް ރުފިޔާ).

(* ނޯޓް: ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށް ހުށަހަޅަންވާނީ އުމުރު ދުވަހުގެ ރެކޯޑު ހިމެނޭގޮތަށް)

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުއެވެ. މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބާ ކައުންސިލުގެ ވެބްސައިޓް maldivesbarcouncil.org އިން ޑައުންލޯޑުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

09 ނޮވެންބަރު 2025
ހޯދާ