އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
3 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް

އދ. އޮމަދޫ ޞިއްޙީމަރުކަޒްގެ އޮފީސް އަދި ޕަބްލިކް ހެލްތް ޔުނިޓް ވަގުތީ ގޮތުން ހިންގުމަށް 3 ކޮޓަރިއާއި 1 ސިޓިންގް ރޫމް އަދި މަދުވެގެން 2 ފާޚާނާ ހިމެނޭ އެޕާޓްމެންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 9 ނޮވެމްބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 13 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް  ބިޑް ރެޖިސްޓްރޭޝަން ފޯމް މިލިންކްގައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަކުރުމަށްފަހު، 20 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހު 13:30އަށް މި މަރުކަޒުގެ އޮފީހަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މިއިއުލާނާއި ގުޅިގެން ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތް ފިޔަވާ އެހެން ފަރާތްތަކުން އެސްޓިމޭޓް ހުށަހެޅުމަށް ޙާޟިރުވާނަމަ އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.  

 މި އިޢުލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 13   ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް އީމެއިލް   މެދުވެރިކޮށް ސުވާލުތަށް ފޮނުއްވައި ދެއްވުން އެދެމެވެ.

09 ނޮވެންބަރު 2025
ހޯދާ