ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޮވުމަށްޓަކައި އިޢުލާން ކުރަމެވެ. ވަޒީފާއާ ބެހޭ އިތުރު ތަފްސީލު ތިރީގައިއެވަނީއެވެ.
މަޤާމް: ޖެނެރަލް ސެކްރެޓަރީ
ބޭނުންވާ އަދަދު: 1
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މުސާރަ: 15،000.00
ޕެންޝަން އެލަވަންސް: ދިވެހިރާއްޖޭގެ ޕެންޝަން ގާނޫނާއި އެއްގޮތަށް ލިބިދޭ ޕެންޝަން ފައިސާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: އެސޯސިއޭޝަންގެ އިދާރީ އޮނިގަނޑާއި އެއްގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައް ކުރުމާއި ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލްކޮށްފައިވުން.
ވަޒީފާ އަދާކުރަންޖެހޭ ގަޑި: 09:00 ން 17:00 އަށް އަދި އެއްގަޑި އިރުގެ ބްރޭކެއް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް: ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައިޑީ ކާޑް ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،އެންމެ ފަހުން އަދާކޮށްފައިވާ ވަޒީފާގެ ލިޔުން، އަދި ޕޮލިސް ރިޕޯޓް.
މަޤާމަށް އެދި ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑި: 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ މެނަދުރު ފަހު 15:00 ގެ ކުރިން
