ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ އުޞޫލު
|
ތަޢާރަފް |
(ހ) |
މިއީ، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރިއެރުންތަކުގެ އެންމެ ބޮޑު ދައުރެއް އަދާކުރަމުންދާ ބަޔަކީ، މި ކައުންސިލްގެ މުވައްޒަފުންކަމަށް ވީ ހިނދު، އެ ބޭފުޅުންގެ ޚިދުމަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމަށާއި، ކައުންސިލުގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ރޫޙު މުވައްޒަފުންގެ މެދުގައި ދިރުވައި އާލާކުރުމަށާއި، މުވައްޒަފުން މަސައްކަތަށް ޝައުޤުވެރިކަން އިތުރުކޮށް އޮފީހުގެ މާޙައުލުގައި އެކަން އެކަންކަން ދަމަހައްޓާ މުވައްޒަފުންގެ އަގު ވަޒަން ކުރުމާއެކު، އަހަރުގެ ތެރޭގައި އެކިރޮނގުން ރޮނގުން ފާހަގަކުރެވޭ މުވައްޒަފުން ޚިދުމަތުގެ އަގު ވަޒަންކުރުމުގެ އުޞޫލެވެ. |
|
|
(ށ) |
މި އުޞޫލަށް ކިޔާނީ " ހއ. ކެލާ ކައުންސިލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ އުޞޫލު" އެވެ. |
||
|
މަޤްޞަދު |
2. |
(ހ) |
މުވައްޒަފުން މަސައްކަތްތަކަށް ޝައުޤުވެރިކަން އުފައްދައި، އަދި ކައުންސިލްގެ ކުރިއެރުމަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރުދިނުން. |
|
(ށ) |
މުވައްޒަފުންނަކީ ފަންނުވެރި، ވަޒީފާގެ ކުރިއެރުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުން. |
||
|
(ނ) |
ވަޒީފާގެ މަސައްކަތުގައި ތެދުވެރިކަމާ އިޙްލާސްތެރިކަމާއެކު މަސައްކަތްކުރާ މުވައްޒަފެއްގެ ގޮތުގައި ދެމިހުރުމަށް ހިތްވަރުދިނުން. |
||
|
އަގުވަޒަންކުރެވޭ ދާއިރާތައް |
3. |
މި އުޞޫލުގައިވާ ގޮތުގެމަތީން، މުވައްޒަފުންގެ އަގުވަޒަންކުރާނީ، ތިރީގައި ބަޔާން ކޮށްފައިވާ ދާއިރާތަކުންނެވެ. އެއީ؛ 1. ދިގު މުއްދަތައް ޚިދުމަތްކުރުމުގެ ދާއިރާ 2. އަހަރުގެ ޚިދުމަތްތެރި މުވައްޒަފުންގެ ދާއިރާ 3. އަހަރު ދުވަހުގެ ޙާޟިރީއަށް އެންމެ ރަގަޅު މުވައްޒަފުން 4. ޚާއްޞަ ދާއިރާތަކުން އަގުވަޒަންކުރުން |
|
|
ދިގު މުއްދަތަކަށް ޙިދުމަތް ކުރުމުގެ ދާއިރާ |
4. |
ހއ. ކެލާ ކައުންސިލަށް މެދުނުކެނޑި ދިގު މުއްދަތަކަށް ޚިދުމަތްކުރަމުން ގެންދާ މުވައްޒަފުން، ކައުންސިލަށް ޚިދުމަތްކުރާތާ 10 އަހަރަށް ވުރެ ދިގުމުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އަދި ވަޒީފާއިން ރިޓެޔަރ ކޮށްފައިވާ މުވައްޒަފުންނަށް ތިރީގައިވާ 4 ކެޓަގަރީން ޚިދުމަތުގެ އަގުވަޒަންކުރުމުގެ އެވޯޑް ދެވޭނެއެވެ. 1.ޝަރަފްގެ ރަން ނިޝާން އެވޯޑް 2.ޝަރަފްގެ ރަންރިހި ނިޝާން އެވޯޑް 3.ޝަރަފްގެ ރިހި ނިޝާން އެވޯޑް 4.ޝަރަފްގެ ލޮއި ނިޝާން އެވޯޑް |
|
|
ޝަރަފްގެ ރަން ނިޝާން އެވޯޑް |
(ހ) |
"ޝަރަފްގެ ރަން ނިޝާން އެވޯޑް" މި އެވޯޑަކީ، ހއ.ކެލާ ކައުންސިލަށް 35 އަހަރަށް ވުރެ ދިގު މުއްދަތުގައި ޚިދުމަތްކޮށްފައިވާ އަދި ޚިދުމަތުގައި ދެމިހުރި ނުވަތަ ޚިދުމަތުން ޝަރަފްވެރިކަމާއެކު ރިޓެޔަރ ކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެވެ. |
|
|
ޝަރަފްގެ ރަންރިހި ނިޝާން އެވޯޑް |
(ށ) |
"ޝަރަފްގެ ރަންރިހި ނިޝާން އެވޯޑް" މި އެވޯޑަކީ، ހއ.ކެލާ ކައުންސިލަށް ޚިދުމަތްކުރާތާ 20 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ މުއްދަތަށް ޚިދުމަތް ކޮށްފައިވާ އަދި ޚިދުމަތުގައި ދެމިހުރި ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. |
|
|
ޝަރަފްގެ ރިހި ނިޝާން އެވޯޑް |
(ނ) |
"ޝަރަފްގެ ރިހި ނިޝާން އެވޯޑް" މި އެވޯޑަކީ، ހއ.ކެލާ ކައުންސިލަށް ޚިދުމަތްކުރާތާ 15 އަހަރުން ފެށިގެން 20 އަހަރާ ދެމެދުގެ މުއްދަތަށް ޚިދުމަތް ކޮށްފައިވާ އަދި ޚިދުމަތުގައި ދެމިހުރި ފަރާތްތަކަށް ދެވޭ އެވޯޑެކެވެ |
|
|
ޝަރަފްގެ ލޮއި ނިޝާން އެވޯޑް |
(ރ) |
"ޝަރަފްގެ ލޮއި ނިޝާން އެވޯޑް" މި އެވޯޑަކީ، ހއ.ކެލާ ކައުންސިލަށް ޚިދުމަތްކުރާތާ 10 އަހަރުން ފެށިގެން 15 އަހަރާ ދެމެދުގެ މުއްދަތަށް ޚިދުމަތް ކޮށްފައިވާ އަދި ޚިދުމަތުގައި ދެމިހުރި ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. |
|
|
ދިގު މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުން ކަނޑައެޅުން |
5. |
ދިގު މުއްދަތަކަށް ޚިދުމަތްކުރުމުން ދެވޭ އެވޯޑަށް ޝަރުތު ހަމަވާ މުވައްޒަފުންގެ މައުލޫމާތު ކޮންމެ އަހަރެއްގެ އޭޕްރީލް 25 ވަނަ ދުވަހުގެ ކުރިން އެޗް.އާރު ޔުނިޓުން އިނާމު ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. އެވޯޑް ލިބޭ މުވައްޒަފުންގެ މަޢުލޫމާތު ޗެކުކޮށް އެ މުވައްޒަފުން ކަނޑައަޅާނީ، އިވެލުއޭޝަން ކޮމިޓީންނެވެ. |
|
|
ޚިދުމަތުގެ މުއްދަތު ގުނުމުގައި ބަލާނެ މިންގަނޑު |
6. |
ޚިދުމަތުގެ މުއްދަތު ގުނާނީ، މުވައްޒަފު މި ކައުންސިލަށް ވަން ދުވަހުން ފެށިގެންނެވެ. ނަމަވެސް، މި ކައުންސިލުގައި ވަޒީފާ އަދާކުރުމަށްފަހު، އެހެން އޮފީހަކަށް ބަދަލުވުން ނުވަތަ ވަޒީފާއިން ވަކިވުމަށްފަހު، އަލުން މި ކައުންސިލާއި ގުޅިފައިވާ މުވައްޒަފުންގެ ޚިދުމަތުގެ މުއްދަތު ގުނާނީ ކުރިން މި ކައުންސިލަށް ޚިދުމަތްކުރި މުއްދަތު ހިމަނައިގެންނެވެ. |
|
|
ދިގު މުއްދަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުން |
7. |
ދިގު މުއްދަތަށް ޚިދުމަތްކޮށް، އެވޯޑް ޙާޞިލްކޮށްފައިވާ މުވައްޒަފުންގެ ޚިދުމަތުގެ މުއްދަތު ފާހަގަކުރުމުގެ ގޮތުން، މި އިދާރާގައި މުވައްޒަފުގެ "ސްޓާފް ކާޑު" ބޭނުންކުރާނަމަ ކާޑުގައި ރަން ނިޝާން އަދި ރަންރިހި ނިޝާން ރިހި އަދި ލޮއި ނިޝާން މި އުޞޫލުގެ ޖަދުވަލް 1 ގައިވާ ގޮތަށް ޚިދުމަތުގެ މުއްދަތު ފާހަގަކުރެވޭނެއެވެ. |
|
|
އަހަރުގެ ޚިދުމަތްތެރި މުވައްޒަފު ކަނޑައެޅޭ ދާއިރާ |
8. |
އަހަރުގެ ޚިދުމަތްތެރި މުވައްޒަފުން ވަޒަންކުރާނީ، ވޭތުވެދިޔަ އަހަރު ކައުންސިލަށް ތެދުވެރިކަމާއި އިޙްލާޞްތެރިކަމާއެކު، އެންމެ ފައިދާވާ ގޮތުގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށެވެ. މި ދާއިރާއަށް މުވައްޒަފުން ހޮވާނީ އިވެލުއޭޝަން ކޮމިޓީގެ މާކުހުންނެވެ. މި ދާއިރާއިން 3 ކެޓަގަރީ އަކަށް އަހަރުގެ ޚިދުމަތުގެ އެވޯޑް ދެވޭނެއެވެ. އެއީ:- 1.ޚިދުމަތްތެރި ރަން ނިޝާން އެވޯޑް 2. ޚިދުމަތްތެރި ރިހި ނިޝާން އެވޯޑް 3. ޚިދުމަތްތެރި ލޮއި ނިޝާން އެވޯޑް
|
|
|
ރަން ނިޝާން އެވޯޑް |
(ހ) |
"ޚިދުމަތުގެ ރަން ނިޝާން" މި އެވޯޑަކީ، މި އުޞޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕޮއިންޓު އެއްކުރުމުން ޖުމްލަ 95 ޕޮއިންޓުން ފެށިގެން މަތީން މާރކްސް ހޯދާފައިވާ މުވައްޒަފުންގެ ތެރެއިން އެންމެ މަތީން މާރކްސް ހޯދާފައިވާ މުވައްޒަފަށް ދެވޭ އެވޯޑްއެވެ. |
|
|
ރިހި ނިޝާން އެވޯޑް |
(ށ) |
"ޚިދުމަތުގެ ރިހި ނިޝާން" މި އެވޯޑަކީ، މި އުޞޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕޮއިންޓު އެއްކުރުމުން ޖުމްލަ 90 ޕޮއިންޓުން ފެށިގެން މަތީން މާރކްސް ހޯދާފައިވާ މުވައްޒަފުންގެ ތެރެއިން ދެވަނައަށް އެންމެ މަތީން މާރކްސް ހޯދާފައިވާ މުވައްޒަފަށް ދެވޭ އެވޯޑްއެވެ. |
|
|
ލޮއި ނިޝާން އެވޯޑް |
(ނ) |
"ޚިދުމަތުގެ ލޮއި ނިޝާން" މި އެވޯޑަކީ، މި އުޞޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕޮއިންޓު އެއްކުރުމުން ޖުމްލަ 85 ޕޮއިންޓުން ފެށިގެން މަތީން މާރކްސް ހޯދާފައިވާ މުވައްޒަފުންގެ ތެރެއިން ތިންވަނައަށް އެންމެ މަތީން މާރކްސް ހޯދާފައިވާ މުވައްޒަފަށް ދެވޭ އެވޯޑްއެވެ. |
|
|
މި ދާއިރާއަށް ނަން ހުށަހެޅޭނެ މުވައްޒަފުން |
9. |
މި އެވޯޑަށް ނޮމިނޭޓް ކުރެވޭނީ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް އިސްލާޙީ ފިޔަވަޅެއް އެޅިފައި ނުވާ މުވައްޒަފުންނެވެ. |
|
|
އަހަރުގެ ޚިދުމަތްތެރި މުވައްޒަފަށް މާރކްސް ދިނުން |
10. |
ޕާޕޯމަންސް އެޕްރައިޒަލް އިން %40 މުވައްޒަފުގެ ޙާޟިރީ () މުވައްޒަފުގެ ސުޕަވައިޒަރ () ކައުންސިލްގެ ރައީސް () ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް () ކައުންސިލްގެ މެންބަރުންގެ އެވްރެޖް ()
|
|
|
ޙާޟިރީން އެންމެ ރަނގަޅު މުވައްޒަފުންގެ އެވޯޑް |
11. |
ޙާޟިރީން އެންމެ ރަނގަޅު މުވައްޒަފުން ކަނޑައަޅާނީ، ވޭތުވެދިޔަ އަހަރުގެ ހާޟިރީއަށް ބަލައި، ޙާޟިރީން އެންމެ މަތީން މާރކްސް ލިބިފައިވައިވާ މުވައްޒަފުންނަށެވެ. މި ދާއިރާއަށް މުވައްޒަފުން ކަނޑައަޅާނީ، މުވައްޒަފަށް ޙައްޤުވާ އަހަރީ ޗުއްޓީ ނުހިމަނައި ޙާޟިރީން އެންމެ މަތީ ޕޮއިންޓު ލިބިފައިވާ މުވައްޒަފުނެވެ. 1ރަންގަޑި ނިޝާން އެވޯޑް 2.ރިހި ގަޑި ނިޝާން އެވޯޑް 3.ލޮއި ގަޑި ނިޝާން އެވޯޑް |
|
|
ރަންގަޑި ނިޝާން އެވޯޑް |
(ހ) |
މި އެވޯޑަކީ، ވޭތުވެދިޔަ އަހަރު ތެރޭގައި ކައުންސިލް މުވައްޒަފުން އޮފީހަށް ހާޒިރުވާންޖެހޭ ހުރިހާ ދުވަހެއްގައި އޮފީހަށް ހާޒިރުވި ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. މި އެވޯޑްދިނުމުގައި ޕޮއިންޓުގެ ގޮތުން އެއް މުވައްޒަފަށްވުރެ ގިނަ މުވައްޒަފުން އެއްވަރުވެއްޖެނަމަ،އެ މުވައްޒަފުންނަށް އެވޯޑް ދެވޭނެއެވެ. |
|
|
ރިހިގަޑި ނިޝާން އެވޯޑް |
(ށ) |
މި އެވޯޑަކީ، އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް މުވައްޒަފުން އޮފީހަށް ހާޟިރުވާންޖެހޭ ހުރިހާ ދުވަހެއްގައި ހާޟިރުވި މުވައްޒަފު ފިޔަވައި، ދެވަނައަށް ހާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފަށް ދެވޭ އެވޯޑެކެވެ. މި އެވޯޑްދިނުމުގައި ޕޮއިންޓުގެ ގޮތުން އެއް މުވައްޒަފަށްވުރެ ގިނަ މުވައްޒަފުން އެއްވަރުވެއްޖެނަމަ، އެ މުވައްޒަފުންނަށް އެވޯޑް ދެވޭނެއެވެ. |
|
|
ލޮއިގަޑި ނިޝާން އެވޯޑް |
(ނ) |
މި އެވޯޑަކީ، އަހަރު ދުވަހުގެ ތެރޭގައި ހާޟިރީއަށް އެންމެ ރަނގަޅު ތިންވަނަ ހޮވޭ މުވައްޒަފަށް ދެވޭ އެވޯޑެކެވެ. މި އެވޯޑްދިނުމުގައި ޕޮއިންޓުގެ ގޮތުން އެއް ފަރާތަށް ވުރެ ގިނަ ފަރާތްތައް އެއްވަރުވެއްޖެނަމަ،އެ ފަރާތްތަކަށް މި އެވޯޑް ދެވޭނެއެވެ. |
|
|
ޙާޟިރީން އެންމެ ރަނގަޅު މުވައްޒަފުންގެ އެވޯޑް ދިނުމުގައި ބަލާނެ މިންގަނޑު |
12. |
1. މި އެވޯޑް ދިނުމުގައި ކައުންސިލް މުވައްޒަފު އޮފީހަށް ހާޟިރުވާންޖެހޭ ހުރިހާ ދުވަހެއްގައި ހާޟިރުވުން ނުވަތަ ހާޟިރުވާންޖެހޭ ދުވަސްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ހާޟިރުވެފައިވާ މުވައްޒަފެއްކަމުގައިވުން. 2.100 އިންސައްތަ ހާޟިރީ ބެލުމުގައި އަހަރީ ޗުއްޓީ، ފެމިލީ ލީވް، މެޓާރނިޓީ ލީވް އަދި ޕެޓާނިޓީ ލީވް ނުހިމެނޭނެއެވެ. 3. މުވައްޒަފު އޮފީހަށް ހާޟިރުނުވާ ދުވަހެއް އޮތްނަމަ، މި އެވޯޑަށް ޝަރުތު ހަމަވާ މުވައްޒަފެއްގެ ގޮތުގައި ނުބެލެވޭނެއެވެ. 4. މި ދާއިރާއިން އެވޯޑް ދިނުމުގައި ހާޟިރީގެ މުއްދަތު ބަލާނީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. 5. މި އެވޯޑް ދިނުމުގައި މުވައްޒަފު ކޮންމެ މަހެއްގެ ތެރޭގައި އޮފީހަށް ހާޟިރުވާން އޮންނަ ދުވަސްތަކުގައި ހާޟިރުވުމުން މުވައްޒަފަށް ދޭ ހަނދާނީ ލިޔުމަށް ރިޢާޔަތްކުރެވޭނެއެވެ. މިގޮތުގެ މަތީން، މުވައްޒަފަށް ލިބިފައިވާ ހަނދާނީ ލިޔުމަކަށް 1 ޕޮއިންޓް (އެކެއް) ދެވޭނެއެވެ. |
|
|
ޚާއްޞަ ދާއިރާތަކުގެ އަގުވަޒަންކުރުން |
13. |
(ހ) |
އޮފީހަށް ރީތި ނަން ހޯދައިދޭ މުވައްޒަފުން މި ދާއިރާއިން އަގުވަޒަންކުރެވޭނީ، އެ އަހަރެއްގައި ކައުންސިލް ތަމްސީލުކުރުމުގެ ގޮތުން މުބާރާތެއް ނުވަތަ ހަރަކާތްތެއްގައި ބައިވެރިވެ މަތީ ވަނައެއް ހާސިލްކޮށް، އޮފީހަށް ރީތި ނަން ހޯދައިދިން މުވައްޒަފުންނަށެވެ. މިފަދަ މުވައްޒަފުންނަށް ޚާއްޞަ ހަނދާނީ ފިލައެއް ދެވޭނެއެވެ.
|
|
|
|
(ށ) |
އޮފީސް މުބާރާތްތަކުން 1 ވަނައަށް އަންނަ ފަރާތްތައް މި ދާއިރާއިން އަގުވަޒަންކުރެވޭނީ ފާއިތުވެދިޔަ އަހަރު އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތްތަކުގައި 1 ވަނައަށް އަންނަ ފަރާތްތަކެވެ. މި މުވައްޒަފުންނަށް ޚާއްޞަ ހަނދާނީ ފިލައެއް ދެވޭނެއެވެ.
|
|
|
|
(ނ) |
އޮފީހުގެ މަސައްކަތުގެ ދާއިރާއިން ތަޢުލީމީ ކުރިއެރުން ހޯދި މުވައްޒަފުން މި ދާއިރާއިން އަގުވަޒަންކުރެވޭނީ، އޮފީހުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ އިންފެށިގެން މަތީކޯހެއް ފުރިހަމަކޮށް އެ ކޯހުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި މުވައްޒަފުންނަށެވެ. މި މުވައްޒަފުންނަށް ޚާއްޞަ ހަނދާނީ ފިލައެއް ދެވޭނެއެވެ. |
|
|
|
(ރ) |
ކުއްލި ހާދިސާތަކުން ރައްކާތެރިކޮށްދިނުމަށް އިސްކޮށް ޙަރަކާތްތެރިވާ މުވައްޒަފު މި ދާއިރާއިން އަގުވަޒަން ކުރެވޭނީ، މުވައްޒަފު ޚިދުމަތުގައި ދެމިހުރެ، ދިމާވާ ކުއްލި ހާދިސާއަކުން އެހެންފަރާތެއްގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރި މުވައްޒަފެއް ނުވަތަ މުވައްޒަފުންނެވެ. މި މުވައްޒަފުންނަށް ޚާއްޞަ ހަނދާނީ ފިލައެއް ދެވޭނެއެވެ |
|
އިވެލުއޭޝަން ކޮމިޓީ އެކުލަވައިލުން |
14. |
މި އުޞޫލުގެ ގައި ބާޔާންކުރާ އިވެލުއޭޝަން ކޮމިޓީ ކޮންމެ އަހަރެއްގައި 1 ފަހަރު އެކުލަވައިލާނީ ކައުންސިލުގެ ރައީސްއެވެ. |
|
|
ކޮމިޓީގެ މެންބަރުން |
15. |
1. ކައުންސިލުގެ ރައީސް ނުވަތަ ރައީސް އައްޔަނުކުރާ 1 މެންބަރު 2. ކައުންސިލުގެ ރައީސް އައްޔަނުކުރާ ކައުންސިލްގެ 1 މެންބަރު 3. ކައުންސިލްގެ ސީނިއަރ މެނޭޖްމަންޓުގެ 2 މުވައްޒަފުން 4. އިދާރީ 1 މުވައްޒަފުން |
|
|
ކޮމިޓީގެ މަސްއޫލިއްޔަތު |
16. |
1. ދިގު މުއްދަތުގެ ޚިދުމަތްތެރިންގެ ތެރެއިން އެވޯޑް ލިބޭ ފަރާތްތައް ކަށަވަރުކުރުން 2. މުވައްޒަފުންގެ މެދުގައި އަހަރީ ޚިދުމަތްތެރިޔާ ހޮވުމަށް ނޮމިނޭޝަން ފޯމްތައް އިވެލުއޭޓްކުރުން |
|
|
އިދާރީ ޓީމު މަސްއޫލިއްޔަތު |
17. |
1. މުވައްޒަފުންގެ ތެރެއިން ނޮމިނޭޓްވާ ފަރާތްތަކުގެ ތެރެއިން ފާއިތުވި އަހަރުގެ މުވައްޒަފުންގެ ރެކޯޑުތައް އެޗް.އާރުން ނެގުން 2. އަހަރީ ޚިދުމަތެރިންގެ ތެރެއިން ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޗެކުކޮށް އިވެލުއޭޝަން ކޮމިޓީއަށް ފޮނުވުން. 3. އިނާމް ދިނުމުގެ ރަސްމިއްޔާތު އިންތިޒާމްކުރުން 4. އިނާމަށް ހޮވުނު ފަރާތްތައް ހޮވުނު ގޮތުގެ ރިޕޯޓް ތައްޔާރުކުރުން 5. އެވޯޑް އާއި ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭ އިންތިޒާމް ހަމަޖެއްސުން |
|
|
ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުން |
18. |
މި އުޞޫލުގެ ޖަދުވަލް 1 ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް އެވޯޑަށް ކުރިމަތިލެވޭ ހުރިހާ މެންބަރުންނާއި މުވައްޒަފުންނަށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު - ނޮމިނޭޝަން މަރުޙަލާއިން ފެށިގެން އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ރަސްމީ 3 ދުވަހާ ހަމައަށް އޮންނާނެއެވެ. އެވޯޑްތަކާއި ގުޅިގެން ހުށަހަޅާ ޝަކުވާތައް ބަލާނީ އިވެލުއޭޝަން ކޮމިޓީގައި ނުހިމެނޭ ސީނިއަރ މެނޭޖްމަންޓުގެ މުވައްޒަފުންނެވެ. |
|
|
އުޞޫލު ފާސްކުރުމާއި އަމަލުކުރުން |
19. |
މި އުޞޫލު ފާސްކުރާނީ ކައުންސިލްގެ ރަސްމީ ބައްދަލުވުމަކުންނެވެ. އަދި މި އުޞޫލަށް އަމަލުކުރަން ފަށާނީ، ކައުންސިލްގެ ބައްދަލުވުމަކުން، އުޞޫލު ފާސްކޮށް ޢާއްމު ކުރާ ތާރިޙުން ފެށިގެންނެވެ. |
|
|
އުޞޫލަށް އިސްލާޙު ގެނައުން |
20. |
މި އުޞޫލުގައި ބަޔާންކޮށްފައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅައި، މި އުޞޫލަށް އެއްވެސް އިސްލާހެއް ގެނެވޭނީ ކައުންސިލްގެ ރަސްމީ ބައްދަލުވުމަކުން ފާސްކޮށްގެންނެވެ. |
|
މި އުޞޫލު ފާސްކޮށްފައިވަނީ، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 200 ވަނަ ޢާއްމު ބައްދަލުވުމުގައި 2025 އޮކްޓޯބަރ 15 ވީ ބުދަ ދުވަހު ހއ. ކެލާ ކައުންސިލްގެ އިދާރާ ގައެވެ.
