ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައިވާ ގޮތުގެމަތީން، ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިންމާފައިވާތީ، ނޮޅިވަރަމުގެ ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މި ކައުންސިލުން މިދަނީ ކުރަމުންނެވެ. އެގޮތުން މި އިޢުލާނާއިއެކު އެއްކަރުދާސް ކޮށްފައިވާ ލިސްޓްގައި މީހުން ދިރިއުޅޭ ގޭބިސީއެއް ހިމެނިފައި ނުވާނަމަ އަދި އެއް އޭބިސީއެއްގައި ވަކިން ކައްކާ ކައި ބޮއި ހަދާ ދެ އާއިލާ އުޅޭނަމަ އެގޯތިތަކުގައި ދިރިއުޅޭ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައިވާ ލިންކް މެދުވެރިކޮށް، 13 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހިއްސާކޮށްދެއްވުން އެދެމެވެ.
އަދި މިލިސްޓްގައި ހިމެނިފައިވާ ގެއެއްގައި މިހާރު ދިރިއުޅެމުންނުދާނަމަ 6520043 ގުޅައި އަންގަވައިދެއްވުން އެދި ދަންނަވަމެވެ.
ލިންކް: https://forms.gle/7GKNH6LVpJX6vNGm8
ގޭބިސީ އެއްކަމުގައި ބެލެވޭނީ ވަކިން ކައްކާ، ކައިބޮއި އަދި ދިރިއުޅޭ ދިވެހި އާއިލާތަކެވެ. ކޮންމެ ގޯއްޗަކުންވެސް ފުރާނީ، ހުރިހާ ގޭބިސީތައް ހިމަނައިގެން 01 ފޯމް ކަމުގައި ދަންނަވަމެވެ. މީހުން ދިރިނޫޅޭ އަދި ފަޅު ގެތައް، އަދި ބިދޭސީން ދިރިއުޅޭ ގެތަކުން މިފޯމް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.
