މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމުގެ ލައިސަންސަށް 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން

          މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދޭ ޚިދުމަތްތައް ޑިޖިޓައިޒްކުރުމުގެ ތެރެއިން މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ވަނީ "ކެޔޮޅު" ވެބް-ޕޯޓަލް ( keyolhu.mv ) މެދުވެރިކޮށް ހުށަހެޅުމަށް ބަދަލުކުރެވިފައެވެ. މިގޮތުން 4 ނޮވެންބަރު 2025 އިން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު އެ ވުޒާރާއިން ބަލައިގަންނާނީ މި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި މަސްވެރިކަމުގެ ލައިސަންސް އައުކުރުމަށް ހުށަހަޅާ ފޯމު، 23 ނޮވެންބަރު 2025 އިން ފެށިގެން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށެވެ.

          "ކެޔޮޅު" ޕޯޓަލް އަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސް އަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އައުކުރުމަށް ހުށަހެޅުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑް އެ ވުޒާރާގެ ވެބްސައިޓުގައި ޝާޢިއުކުރެވިފައި ވާނެއެވެ.

          މިގޮތުން ކަށިމިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމު އެ ވުޒާރާއިން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށް ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ އެ ވުޒާރާގެ ނަންބަރު 3339270 ނުވަތަ 3339272 އަށް ގުޅުއްވުން އެދެމެވެ.

06 ނޮވެންބަރު 2025
ހޯދާ