ދިވެހިރާއްޖެ
ރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ އަދި ޖަވާބުދާރީ ކުރުވޭނެ އުޞޫލުން މަސައްކަތް ކުރިޔަށް ގެންދިޔުމަށް "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ" އެކުލަވާލުމަށް ބޭނުންވެއެވެ.
އެގޮތުން ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މަޤާމުތައް ތިރީގައި އެވާނީއެވެ.
1. ރަށުގެ ޢާއްންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު
2. އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެމްބަރު
3. ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެމްބަރު
4. މަޝްރޫޢުގެ ފަންނީ ކަންކަމަށް ޚާއްޞަކޮށް ކަނޑައަޅާ މެމްބަރު
ވީމާ، މިކޮމެޓީގައި މެމްބަރަކަށްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ނޮވެމްބަރ 12 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ގޫގުލް ފޯމު ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
"ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލު" މިއިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
ގޫގުލް ފޯމު ލިންކު:
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
