ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަން ކިޔުން

   މި އިދާރާގައި ހުރި ބައު ތަކެތި 15 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 00:09 ގައި ނީލަން ކިއުން އޮންނާނެއެވެ. ނީލަން ކިއުން އޮންނާނީ ފުރަތަމަ 112 ލޮޓް ތިލަދެކުނު ސިނަމާގައި އަދި ބާކީ ލޮޓްތައް ރައްކޮޅު އިމާރާތުގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުން ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގުތަކުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

               މިނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނަންގަވާތަކެތީގެ އަގު 15 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދެއްކެވުމަށްފަހު، 18:00 ގެ ކުރިން ނީލަމުން ނެންގެވި ތަކެތި ގެންދަވަންވާނެއެވެ. ނަމަވެސް ލޮޓް ނަންބަރ 115 އަދި 116 ގައިވާ ތަކެތި ގެންދިއުމަށް 48 ގަޑިއިރުގެ ވަޤުތު ދެވޭނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންދަވާ ހުރި ތަކެއްޗާއި މެދު މި އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެއެވެ.

               ވީމާ، މިނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާތީ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

06 ނޮވެންބަރު 2025
ހޯދާ