ދިވެހިރާއްޖެ
ޅައިމަގު ކައުންސިލްގެ ޤުރުއާން މުބާރާތް 2025 މިއަހަރުގެ ޑިސެމްބަރ 18 އަދި 19 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ނޮވެމްބަރ 30 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން "ޅައިމަގު ކައުންސިލްގެ ޤުރުއާންމުބާރާތުގެ އުޞޫލު 2025" ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަ ކުރައްވައި މިއިދާރާއަށް ފޯމު ހުށަހެޅުވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ގޫގުލް ފޯމު ލިންކު މެދުވެރިކޮށް ހުށަހެޅުމުންވެސް މިމުބާރާތުގަ ބައިވެރިކުރުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
"ޅައިމަގު ކައުންސިލްގެ ޤުރުއާންމުބާރާތުގެ އުޞޫލު 2025" މިއިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
ގޫގުލް ފޯމު ލިންކު:
https://docs.google.com/forms/d/e/1FAIpQLScdTsx5kp4Ob_lpf7dXE2y8ScGZFox5XZfc4EARKqeCM6cPGA/viewform?usp=header
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
