ދިވެހިރާއްޖެ
ނަންބަރު:258/258/2025/85/(IUL)
އިޢުލާން
1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަރުކާރުންދޭ ރޯދަ ހަދިޔާއަށް ގޭބިސީތައް ރަޖިސްޓްރީ ކުރުމާއި ގުޅޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައިވާ ގޮތުގެ މަތީން، ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިންމާފައިވާތީ، ކޮންމެ ރަށެއްގެވެސް ދިވެހި ގޭބިސީތަކުގެ މަޢުލޫމާތު ހޯދުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބޭނުންވެއެވެ. އެގޮތުން ހަނިމާދޫގައި ދިރިއުޅޭ ގޭބިސީތަކުގެ މަޢުލޫމާތު 2025 ނޮވެމްބަރ 16 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މި ކައުންސިލާއި ހިއްސާކޮށްދެއްވުން އެދެމެވެ.
ލިންކް: https://forms.office.com/r/7ppv6bupQ3
ގޭބިސީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ ވަކިން ކައްކާ ކައިބޮއެ ދިރިއުޅޭ ދިވެހި ޢާއިލާތައް ކަމުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މީހުން ދިރިނޫޅޭ އަދި ފަޅު ގެވަޅުތަކަށް، އަދި ބިދޭސީން ދިރިއުޅޭ ގެތަކުން މި މަޢުލޫމާތު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.
ވީމާ، މަތީގައިވާ ލިންކް މެދުވެރިކޮށް މައުލޫމާތުތައް ހިއްސާކުރެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ މެމްބަރ ޙާރިޘާ މުޙައްމަދު (7676480) އާއި ގުޅުއްވުން އެދެމެވެ.
15 ޖުމާދުލްއޫލާ 1447
06 ނޮވެމްބަރ 2025
