ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީފާން މުބާރާތް 2026 ހިންގާނެ ކުލަބް/ޖަމްއިއްޔާއެއް ހޯދުން

ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އަދި ދެކުނުގެ 4 އަތޮޅުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓައި ކުޅިވަރު ތަރައްޤީ ކުރުމުގެ މަޤުސަދުގައި ފިޔޯރީ ކައުންސިލުން މި ފެށޭ އަހަރު ބާއްވާ ބީފާން މުބާރާތް (ދެ ޖިންސުގެ ވޮލީ)  އައުޓްސޯސް ކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް 2026 ޖެނުއަރީ މަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވުމާއެކު މި މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ޝައުގުވެރިވާ ކުލަބް ޖަމްއިއްޔާތަކުން 2025 ނޮވެމްބަރ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓަރވުން އެދެމެވެ. މި އިއުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2025 ނޮވެމްބަރ 17 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ޖަމްއިއްޔާތަކާއި ބެހޭ ގާނޫނު (1/2003) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމްއިއްޔާ/ކްލަބް ތަކުގެ ތެރެއިން މަތީގައި ދެންނެވުނު މުއްދަތުގައި ރަޖިސްޓަރ ކުރާފަރާތްތަކަށެވެ. 

ހުށަހަޅާ ޕްރޮޕޯސަލްތަށް އިވެލުއޭޓު ކުރުމަށްފަހުގައި، އެންމެ މަތީ މާކްސް ލިބޭ ޕްރޮޕޯސަލް ހުށަހެޅި ފަރާތަކާއިއެކު އެގްރީމެންޓް ހެދިގެން މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ރޭވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ނޮވެންބަރު 2025
ހޯދާ