ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

މަޤާމް :ލެބޯޓްރީ ޓެކްނޮލޮޖިސްޓް - ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
ބޭނުންވާ އަދަދު :1

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު:

01

އޮފީސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

ޑިޕާޓްމަންޓް:

އެޑްމިން

ސްޕައިން ޕޮއިންޓް:

37

ގްރޭޑް:

8

މުސާރަ:

މަހަކު 11,374.40 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  4,874.74ރުފިޔާ

އިނާޔަތްތައް:

ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސްޓާފް ޖިމް ފެސިލިޓީ

ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް

ލައިބްރަރީ މެމްބަޝިޕް

ވަޒީފާގެ ބާވަތް:

ދާއިމީ

މަގާމްގެ ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން  2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހެޑް އޮފް ޑިޕާރޓްމަންޓް އަދި ވެރިންގެ އިރުޝާދުގެ ދަށުން ސައިންސް ލެބޯޓްރީތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ލެބޯޓްރީ އިންސްޓްރޫމަންޓްތަކާއި، އިކްއިޕްމަންޓްތައް ޤަވާއިދުން ޗެކްކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި އަދި މެއިންޓެނެންސް ލޮގްތަކުގެ ރެކޯޑް ބެލެހެއްޓުން.
  3. ލެބޯޓްރީތަކުގެ އިންސްޓްރޫމަންޓްތަކާއި އިކުއިޕްމަންޓްތަކާއި އަދި ފީލްޑް އިކްވިޕްމަންޓްތައް ދުވަހުން ދުވަހަށް އޮޕަރޭޓްކޮށް، ކެލިބްރޭޓްކޮށް، ބެލެހެއްޓުން.
  4. ލެކްޗަރަރއިންގެ ރިކްއެސްޓްތަކާ އެއްގޮތަށް ޕްރެކްޓިކަލް ސެޝަންތަކަށް ލެބޯޓްރީ އިންސްޓްރޫމަންޓްތަކާއި އިކުއިޕްމަންޓްތަކާއި މެޝިންތައް ސެޓް ކޮށްދިނުން.
  5. ޕްރެކްޓިކަލް ސެޝަންތައް ކުރިޔަށްދާއިރު ލެބް ޑިއުޓީ ކުރުމާއި ސެޝަން ކުރިއަށް ގެންދިއުމަަށް ލެކްޗަރާއިންނަށް އެހީތެރިވެދިނުން.
  6. ރިސާޗް ޕްރޮޖެކްޓްތަކާއި މަތީލެވެލް ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށް ސާމްޕަލް ތައްޔާރުކުރުމާއި، ޑޭޓާ ކަލެކްޝަން ހެދުމާއި އަދި އެނަލިސިސް ހެދުމަށް ފެކަލްޓީއަށް އެހީތެރިވުން.
  7. ޕްރެކްޓިކަލް ސެޝަންތައް ނިމުމުން އިކްއިޕްމަންޓްތަކާއި މެޝިންތައް ޗެކުކޮށް ނޯމަލް ކޮންޑިޝަން އަށް ގެނައުން.
  8. ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް، ކެމިކަލް، ބަޔޮލޮޖިކަލް އަދި ނުރައްކާތެރި ކުނި އެއްކުރުމާއި، ލޭބަލް ކުރުމާއި، ރައްކާކުރުމާއި، އަދި ނައްތާލުމުގައި ކަންކަން ބެލެހެއްޓުން.
  9. ލެބޯޓްރީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމާއެކު، ޔުނިވަރސިޓީ، ސްޓޭޓް އަދި ފެޑެރަލް ރެގިއުލޭޝަންތައް (OSHA, EPA, etc) ފުރިހަމަކަން ކަށަވަރުކުރުން.
  10. ލެބޯޓްރީ މެނުއަލް، ލެބް ސޭފްޓީ ޕްރޮޓޮކޯލްސް އަދި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖަރސް (SOP) ޑިވެލޮޕްކުރުމާއި، ތަންފީޒުކުރުމާއި އަދި ކޮލިޓީ އެޝުއަރެންސް ޕްރޮޓޮކޯލްތަށް ހިފެހެއްޓުން
  11. ލެބް ސޭފްޓީ ޑޭޓާ ޝީޓް ބެލެހެއްޓުމާއި ލެބް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް (SDS) ލިބޭނެ ގޮތް ހެދުން.
  12. އަލަށް ކިޔަންފަށާ ދަރިވަރުންނާއި ސްޓާފުންނަށް ލެބް ސޭފްޓީ ޓްރެއިނިންގ އަދި ލެބޯޓްރީ އިކުއިޕްމަންޓްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ ފަންނީ އިރުޝާދާއި ތަމްރީނު ދިނުން.
  13. ކަނޑައެޅިފައިވާ އުސޫލުތަކާއިއެގޮތަށް ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، އަދި ލެބޯޓްރީ ސަޕްލައިތަކާއި ކެމިކަލްސް، ރީއެޖެންޓްސް، އަދި ގޭހުގެ ސްޓޮކް ލެވެލް އެކަށީގެންވާ މިންވަރަށް ހުރިތޯބަލައި، މިތަކެތީގެ ރެކޯޑް ބެލެޓުމާއެކު ކެމިކަލް ސްޓޯރޭޖް ބެލެހެއްޓުން.
  14. ލެބޯޓްރީތަކަށް ހޯދަންޖެހޭ ކޮންސިއުމަބަލް ސަޕްލައިތަކާއި ރީއެޖެންޓްތަކާއި އަދި އިންސްޓްރޫމަންޓްތަކާއި އިކްވިޕްމަންޓްތަކުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި އަދި މިތަކެތި ހޯދުމަށް ގުޅުންހުރި ފަރާތްތަކާއެކު އެހީތެރިވެދިނުން.
  15. އިކުއިޕްމަންޓާއި ސަޕްލައިގެ ބަޖެޓް އެސްޓިމޭޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި އަދި ގްރާންޓް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  16. ލެކްޗަރަރއިންގެ އިރުޝާދުގެ ދަށުން ފީލްޑް ޓްރިޕްތަކަށް ބޭނުންވާ ކޮންޒިއުމަބަސް އަދި އިކްއިޕްމަންޓް ހަމަޖައްސަދިނުމާއި، ފީލްޑް ވޯކްތަކުގައި ބައިވެރިވުން.
  17. ޑިޕާރޓްމަންޓްގެ ކިޔަވައިދިނުމާއި ގުޅުންހުރި އެކަޑަމިކް އަދި އެޑްމިނިސްޓްރޭޓިވް ކަންކަމުގައި އެހީތެރިވުން.
  18. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

 

އެޕްލިކޭޝަންފޮނުވަންވީ ތާރީޚް:

 2025 ނޮވެމްބަރު 16 ވާ އާދިއްތަދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUhr-2025-181

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • * ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
06 ނޮވެންބަރު 2025
ހޯދާ