އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާން މަހުގެ ރޯދަ ހަދިޔާ

ރައީސުލް ޖުމްހޫރިއްޔާ ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާއެއް ދެއްވުމަށް ނިންމަވާފައިވާތީ، މިރަށުގައި މީހުންދިރިއުޅޭ ގޭބިސީތަކުގެ މައުލޫމާތު ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވުޒާރާ އަށް ބޭނުންވެލައްވައެވެ. ގޭ ބިސީއެއްގެ ގޮތުގައި ބަލާނީ ވަކިން ކައްކާ ކައިބޮއި ދިރިއުޅޭ ދިވެހި އާއިލާތަކެވެ.  ގޭ ބިސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ދިރިއުޅޭ ގޭގެ ނަމާއި ގޭ ބިސީގެ އިސް މީހާގެ ނަމާއި ގޭ ބިސީގައި ދިރިއުޅޭ މީހުންގެ އަދަދު ބޭނުންވެއެވެ.  ގޭ ބިސީއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ.

ވީމާ މިރަށުގައި ދިވެހިން ދިރިއުޅޭ ގޭބިސީތަށް 16 ނޮވެންބަރ 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ އިދާރާގައިރަޖިސްޓަރީކުރެއްވުމަށް ދަންނަވަމެވެ.

05 ނޮވެންބަރު 2025
ހޯދާ