ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައީސުލްޖުމްހުއްރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރޯދަ ހަދިޔާ ދެއްވުމާއި ގުޅޭ

ރައީސުލްޖުމްހުއްރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައިވާ ގޮތުގެމަތީން، ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިންމާފައިވާތީ، ކުމުންދޫގެ ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްމިދަނީ މި ކައުންސިލުން ކުރަމުންނެވެ. އެގޮތުން ކުމުންދޫގެ ގޯތިތަކުގައި ދިރިއުޅޭ ދިވެހި ގޭބިސީތަކުގެ މައުލޫމާތު ތިރީގައިވާ ލިންކް މެދުވެރިކޮށް، 12 ނޮވެމްބަރު 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން ހިއްސާކޮށްދެއްވުން އެދެމެވެ.

ލިންކް: https://forms.cloud.microsoft/r/a0YaEAvWRD

ގޭބިސީ އެއްކަމުގައި ބެލެވޭނީ ވަކިން ކައްކާ، ކައިބޮއި އަދި ދިރިއުޅޭ ދިވެހި އާއިލާތަކެވެ. ކޮންމެ ގޯއްޗަކުންވެސް ފުރާނީ، ހުރިހާ ގޭބިސީތައް ހިމަނައިގެން 01 ފޯމް ކަމުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މީހުން ދިރިނޫޅޭ އަދި ފަޅު ގެވަޅުތަކަށް، އަދި ބިދޭސީން ދިރިއުޅޭ ގެތަކުން މިފޯމް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.

05 ނޮވެންބަރު 2025
ހޯދާ