ދިވެހިރާއްޖެ
ފެންހޮޅި ލައިން އަލުން އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެ:
މިމަދަރުސާގެ އިއުލާނު ނަމްބަރ: GS33(IUL)/2025/07 އިޢުލާނާއި ގުޅިގެން، މިމަދަރުސާގެ ފެންހޮޅިލައިންއާއި ދަރިވަރުންގެ ފާޚާނާގެ މަރާމާތު މަސައްކަތަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު އެކަށީގެންވާ ވަރަށް ވުރެ ބޮޑު ކަމަށް ފެންނާތީ، އެބިޑް ބާތިލްކޮށް އަލުން ފެންހޮޅި ލައިން އެޅުމުގެ މަސައްކަތަށް އިއުލާނުކުރަމެވެ.
ވީމާ، މިމަދަރުސާގެ ފެންހޮޅި ލައިން އަލުން އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދެއްވުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
1. މި ބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިޕްރޮކިއުމަންޓުގައި ރަޖިސްޓްރީ ކުރުމަށް 2025 ނޮވެމްބަރު 4 ން 2025 ނޮވެމްބަރު 10 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3. މިޕްރޮކިއުމަންޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެމްބަރު 09 ވަނަ ދުވަހުގެ ކުރިން މި ޢިއުލާނުގެ 6 ވަނަ ނަމްބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފުނުއްވުން އެދެމެވެ.
4. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ނޮވެމްބަރު 18 ވާ އަންގާރަ ދުވަހުގެ 12:45 ގައި މިމަދަރުސާގެ އޮފީހުގައެވެ.
5. މި ޕްރެކިއުމެންޓާއިގުޅޭ ބީލަން ފޮތް ރަޖިސްޓްރީ ކުރަށްވާ ބޭފުޅުންނަށް މެއިލް ކުރެވޭނޭއެވެ.
6. މިޕްރޮކިއުމަންޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބ. އަތޮޅު މަދަރުސާ
ފޯން: 6600034
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
13 ޖުމާދަލްއޫލާ 1447
04 ނޮވެމްބަރ 2025
