ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްބިސީއަށްވުރެ ގިނައިން މީހުން ދިރިއުޅޭ ގޭބިސީގެ ލިސްޓް އެކުލަވާލުން

އިޢުލާން

އެއްބިސީއަށްވުރެ ގިނައިން މީހުން ދިރިއުޅޭ ގޭބިސީގެ ލިސްޓް އެކުލަވާލުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ކޮންމެ ގޭބިސީއަކަށް ދެއްވާ "ރޯދަ ހަދިޔާ" އަންނަ އަހަރު ރޯދަމަހުގައިވެސް ދެއްވުމަށް ނިންމަވާފައިވާތީ، މިރަށުގައި ދިވެހިން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން އެއް ގެއެއްގައި އެއްބިސީ އަށްވުރެ ގިނައިން މީހުން ދިރިއުޅޭ އެގެއެއްގެ ފަރާތުން ތިރީގައި މިދަންނަވާ މަޢުލޫމާތު އެނގޭނެހެން 13 ނޮވެންބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި އެއް ބިސީއަށްވުރެ ގިނައިން ދިރިއުޅޭ ކޮންމެ ގެއަކުން އެގެއެއްގައި ދިރިއުޅޭ ކޮންމެ ބިސީއަކަށް ވަކިން ނަންނޯޓް ކުރަންވާނެއެވެ.

  • އެއްގެއެއްގައި އެއްބިސީއަށްވުރެ ގިނައިން މީހުން ދިރިއުޅޭ ގޭގެ ނަން:
  • ގޭބިސީގެ އިސްފަރާތުގެ ނަމާއި އެޑްރެސް އައިޑީ ކާޑު ނަންބަރު:

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.

14 ޖުމާދަލްއޫލާ 1447

05 ނޮވެންބަރު 2025
ހޯދާ