ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ދޭ ރޯދަ ހަދިޔާއަށް ގޭބިސީތައް ރަޖިސްޓްރީ ކުރުމާއި ގުޅޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައިވާ ގޮތުގެ މަތީން، ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިންމާފައިވާތީ، ކޮންމެ ރަށެއްގެވެސް ދިވެހި ގޭބިސީތަކުގެ ތަފްސީލް ހޯދުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބޭނުންވާތީ، ގޭބިސީގެ ގޮތުގައި މިރަށުގައި ދިރިއުޅޭ ޢާއިލާތައް 10 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން މިކައުންސިލްގައި ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ. ގޭބިސީ ގޮތުގައި ބެލެވޭނީ ވަކިން ކައްކާ ކައިބޮއި ދިރިއުޅޭ ދިވެހި އާއިލާ ތަކަށެވެ.

   ވީމާ، މި އިޢުލާނާއެކު މިވާ އޮންލައިން ފޯމް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށް ދުރުވެ ގޭބިސީގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. ގޭބިސީ ރަޖިސްޓްރީކުރުމަށް އެދޭ ފޯމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

https://docs.google.com/forms/d/1MpO2eZrF_N4QokFRzIVMCyMJTp0Fxqbe-rVCO-I3zUU/edit?pli=1

 

05 ނޮވެންބަރު 2025
ހޯދާ