ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ރޭންކް

ޖީ.އެސް 3

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ޑިޕާޓްމަންޓް/ސެކްޝަން

ޖުޑީޝަލް ހިއުމަން ރިސޯސް އެންޑް ޖުޑީޝަލް ސަރވިސް ޑިޕާޓްމަންޓް

އަސާސީ މުސާރަ

-/6,611 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

ލިވިންގ އެލަވަންސް : -/3,000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %50): 3,305/50 ރުފިޔާ

ހާޒިރީ އެލަވަންސް (ހާޒިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) 100/- ރުފިޔާ

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުތު

  1. އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ތިން (3) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
  2. އޭ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ދެ (2) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދަކާއެކު ޖީ.އެސް 2 ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިޕާޓްމަންޓް އީމެއިލް ގަވާއިދުން ޗެކްކޮށް އެންޓްރީއަށް ފޮނުވަންޖެހޭ މެއިލްތައް އެންޓްރީއަށް ފޮނުވުމާއި އަދި މެއިލްތަކުގެ އަޕްޑޭޓް ސެކްޝަންގެ ވެރިއަކަށް ނުވަތަ އެ ޒިންމާއާ ހަވާލުވެ ހުންނަ ފަރާތަކަށް ދުވަހުން ދުވަހަށް ދިނުން.
  2. ޖެމްސް އިން ޑިޕާޓްމަންޓަށް ލިބޭ އެންޓްރީތަކުގެ ލިސްޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް އަދި އެ އެންޓްރީތައް ސޭވްކުރަންޖެހޭ ފޯލްޑަރތަކަށް ސޭވްކުރުން.
  3. ޖެމްސް މެދުވެރިކޮށް އަންނަ ތަކެތި އެންޓްރީކޮށް ސުޕަވައިޒަރު އަންގަވާ ގޮތެއްގެމަތިން ފިޔަވަޅު އަޅައި، ޖަވާބު ދޭންޖެހޭ ސިޓީތަކަށް ޖަވާބުތައްޔާރުކޮށް ފޮނުވުން.
  4. ދުވަހު ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ކަމާބެހޭ ސެކްޝަނުން ކަނޑައަޅާފައިވާ ގޮތަކަށް ދުވަހުންދުވަހަށް ދެމުން ގެންދިއުން.
  5. ކޯޓުތައް ހިންގުން އެ ޖުޑީޝަލް ދާއިރާގެ އެކިއެކި ފަނޑިޔާރުންނާއި ހަވާލުކޮށް ފޮނުވާ މައުލޫމާތު ކަނޑައަޅާފައިވާ ފޯމެޓްގައި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. އިސްފަނޑިޔާރުން ތަނާޒުލްވެ އެހެން ފަނޑިޔާރަކާއި ހަވާލުކޮށްދިނުމަށް އެދޭ މައްސަލަތަކަށް  ޖަވާބުދީ އެ ރެކޯޑުތައް ބަލަހައްޓައި ފައިލްކުރުން.
  7. ފަނޑިޔާރުން ތަނާޒުލްވުމުން އެހެން ފަނޑިޔާރަކާއި ހަވާލުކޮށް ފޮނުވާ މަޢުލޫމާތާއި އިސްފަނޑިޔާރުން ތަނާޒުލްވުމުން އެހެން ފަނޑިޔާރަކާއި ހަވާލުކުރާ މައްސަލަތަކުގެ މަޢުލޫމާތު ކަނޑައަޅާފައިވާ އުސޫލުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ދާއިރާ ހުސްވާ ޙާލަތުގައި ދާއިރާ ޙަވާލުކުރުމުގެ ގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރުން.
  9. އަލަށް ޢައްޔަންކުރާ ފަނޑިޔާރުންގެ ރެކޯޑްފައިލްތައް ޢައްޔަންކުރުމުގެ ޕްރޮސެސްގައި އިސްވެ ކުރާ މުވައްޒަފެއްގެ ލަފާގެ މަތީން ފައިލް ހަދާ ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  10. ޑިޕާޓްމަންޓްގެ މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  11. ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނުން ނިންމާ ނިންމުންތައް އަޕްޑޭޓް ކުރުން.
  12. ފަނޑިޔާރުންގެ ރިޓަޔަރމެންޓް  ޕެންޝަނާ ގުޅޭ  އެންމެހާ އިދާރީ މަސައްކަތް ކުރުމާއި ރެކޯޑް ބެލެހެއްޓުން.
  13. ފަނޑިޔާރުންނަށް ވަޒީފާ ދިނުމާއި ބަދަލުކުރުމާއި ވަކިކުރުމާއި ޕެންޝަނާބެހޭ އެންމެހާ ޗިޓް، ސަރކިއުލަރ އެ މަސައްކަތައް އިސްވެކުރާ މުވައްޒަފުންގެ ލަފައާ އެކު ހަދައި ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުވުމާއި  އެކަންކަމާގުޅޭ އެންމެހާ ރެކޯޑުތައް ބެލެހެއްޓުން.
  14. ފަނޑިޔާރުންގެ ވަޒީފާއާގުޅޭ އެންމެހާ ރެކޯޑުތައް ޤަވާއިދުން ހިއުމަން ރިސޯސް ސިސްޓަމަށް އެޅުމާއި ރެކޯޑްތައް އަޕްޑޭޓް ކުރުން.
  15. މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސެކްޝަންގެ އަދި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހުންގެ އިޤުރާރު.
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ރެފްރީގެ މައުލޫމާތު ފޯމް (ހަމައެކަނި ވަޒީފާ އަދާކޮށްފައިވާ/އަދާކުރަމުންދާ ފަރާތްތަކުން).
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

  6. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ.

  7. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.

https://apply.jsc.gov.mv

 

ސުންގަޑި

މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ނޮވެންބަރު 17 ވާ ހޯމަ ދުވަހުގެ 12:00 އާ ހަމައަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، އިޢުލާނުގެ މުއްދަތުގެ ތެރެއަށް ވަންނަ ގޮތަށް ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚަށް އެ އަދަދަށް ދުވަސް އިތުރުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

 

  1. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
  2. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
  3. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުތުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
  5. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  6. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.   

 

05 ނޮވެންބަރު 2025
ހޯދާ