ދިވެހިރާއްޖެ
ނަންބަރ:IUL)244-ESMSMS/244/2025/67
އިޢުލާން
ހއ.ތުރާކުނު އިޝްތިހާރުކުރުމުގެ މަޤުޞަދުގައި މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ރަށާއިގުޅޭ ލަވައެއް ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަމްބަރު:IUL)244-CAA/244/2025/50 (01 ސެޕްޓެމްބަރ 2025) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެފުރުސަތު ހުޅުވާލަމެވެ. އަދި މި ލަވައަކީ ރަށުގެ ތާރީޚާއި، ޘަޤާފަތާއި، އާދަކާދަ އަދި ރަށުގެ ޚާއްޞަ ސިފަތަކާއި ރަށުގައިހުރި ފުރުޞަތުތަކާއި ރަށުގެ ޤުދުރަތީ ރީތިކަން ބަޔާންކުރެވިފައިވާ ލަވަޔަކަށް ވާންވާނެއެވެ.
އަންދާސީ ހިސާބު (ކޯޓޭޝަން/ޕްރޮޕޯސަލް) ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 17 ނޮވެމްބަރ 2025 ވާ (ހޯމަ) ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މުއްދަތުގެ ފަހުން އީމެއިލްއަށް ފޮނުވާ އެއްވެސް އަންދާސީ ހިސާބު (ކޯޓޭޝަން/ޕްރޮޕޯސަލް) ބަލައި ނުގަނެވޭނެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަމްބަރު 6500035، 6500107 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.
