ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ފާމަސޫޓިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ފާމަސޫޓިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2025 ނޮވެންބަރު 10 ވާ  ހޯމަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބިޑް ރެޖިސްޓްރޭޝަން ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓާވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ރެޖިސްޓާވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

https://forms.gle/LgSBuNEqCrUHQnqu7

އަންދާސީ
ހިސާބު ހުށަހެޅުން:

2025 ނޮވެންބަރު 18 ވާ އަންގާރަވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2025 ނޮވެންބަރު 12 ވާ  ބުދަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350113 / 3350152

އީ-މެއިލް: [email protected]

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

04 ނޮވެންބަރު 2025
ހޯދާ