ދިވެހިރާއްޖެ
އިޢުލާން
" ސ. ހިތަދޫ، ބްރީޒް " ވިއްކުމާބެހޭ
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އިން އަލްމަރްޙޫމާ އާއިޝަތު މުޙައްމަދު ، ކެކުރިގެ / ސ.ހިތަދޫ ޔަގީންކަންދީގެން އަލްފާޟިލާ ޢާއިޝަތު މުޙައްމަދު، ކެކުރިގެ / ސ. ހިތަދޫ އާއި އަލްފާޟިލް ޢަބްދުލްޙާދީ މުޙައްމަދު ، ކެކުރިގެ / ސ.ހިތަދޫ އަދި މޫސާ ދީދީ ، ސަންޝައިން / ސ.ހިތަދޫ އަށް ދޫކޮށްފައިވާ ލޯނަށް ރަހުނު ކޮށްފައިވާ " ސ.ހިތަދޫ ، ބްރީޒް" ވިއްކުމާ ބެހޭ
ގޯތީގެ ތަފްސީލް:
ބާވަތް: ބަންޑާރަ ގޯތި
ނަން: ބްރީޒް / ސ. ހިތަދޫ
ގޯތީގެ ރަޖިސްޓްރީ ނަންބަރު: 196/2009
ގޯތީގެ ތަފްޞީލް: 1,575.00 އަކަފޫޓު
ވެރިފަރާތް: އަލްމަރްޙޫމާ އާއިޝަތު މުޙައްމަދު ، ކެކުރިގެ / ސ.ހިތަދޫ
ރަޙުނު ވިއްކާލުމުގެ ހުއްދަ: ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 265/S2C/2017 ގެ ދަށުން 16 އޮކްޓޯބަރ 2019 ގައި ދެއްވާފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ.
ނީލަމުގެ ތަފްސީލް:
ނީލަން ފެށުމަށް ހުށަހެޅޭނެ އެންމެ ދަށް އަގު: 222,041.20 ރ. (ދެލައްކަ ބާވީސްހާސް ސާޅީސް އެއްރުފިޔާ ވިހިލާރި)
ނީލަން ފެށުމަށް އަގު ހުށަހެޅޭނެ މުއްދަތު : 19 ނޮވެމްބަރު 2025 ގެ މެންދުރުފަހު 1:30 އަށް
ނީލަން ފެށުމަށް ހުށަހެޅޭ ބިޑްތައް ހުޅުވާނެ ތަން: ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ހ. މިއަލަނި 03 ވަނަ ފަންގިފިލާ
ނީލަން ފެށުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 19 ނޮވެމްބަރު 2025 ވާ ބުދަ ދުވަހުގެ 01:30 އެވެ. މިވަގުތާހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އެއީ ނީލަން ފަށާ އަގުކަމުގައި އިޢުލާން ކުރެވޭނެއެވެ. ނީލަން ފަށާ އަގު އިޢުލާން ކުރުމަށްފަހު، މިކުންފުނިން ނީލަން ނިންމާލިކަން އިޢުލާން ކުރުމާހަމައަށް، އެއިރެއްގެ އެންމެ މަތީއަގުގެ ގޮތުގައި އިޢުލާން ކޮށްފައިވާ އަގަށް ވުރެ ބޮޑު އަގެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެއަށްވުރެ މަތީއަގެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން 5,000 ރ. (ފަސް ހާސް) ރުފިޔާ އެވެ. މިގޮތުން ކުރިން އަގު ހުށަހެޅި ފަރާތްތަކާއި އަލަށް އަގު ހުށަހަޅާ ފަރާތްތަކަށްވެސް ބިޑު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
ނީލަން ފެށުމަށްފަހު ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިކުންފުނީގެ ވެބްސައިޓް (www.hdfc.com.mv) ގައި އިއުލާންކުރެވި، މިކުންފުނީގެ ނޯޓިސް ބޯރޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު އިޢުލާން ކުރާ ތާރީޙުން ފެށިގެން އެއަގަށް ބަދަލެއް ނައިސް ވިދިވިދިގެން 03 (ތިނެއް) ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުލައި) އެއް އަގެއްގައި އޮތުމުންނެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީޙުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހެޅި އެންމެ މަތީ އަގަށްވާ ފައިސާ މިކުންފުންޏަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލް ކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލްކޮށް، އަލުން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.
އަގު ހުށައެޅުން:
ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާ އެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހު 14:00 އާއި ދެމެދު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ، ހ. މިއަލަނި، 3 ވަނަ ފަންގިފިލާ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ސ.ހިތަދޫ، ބްރީޒް އެވެކިޔާ އިމާރާތާއި ގޯތި ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިޑާއެކު ހުށައަޅުއްވަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައިނުވާނަމަ، ބިޑް ބާޠިލުކުރުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.
އަމިއްލަ ފަރުދުން:
- ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ކުންފުންޏެއްނަމަ:
- މި ނީލަމާ ގުޅިގެން މިކުންފުންޏާ މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއި އެކު ހުށަހަޅުއްވާ އަގު ބަޔާންކޮށްފައިވާ ސިޓީއެއް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- މި ނީލަމާ ގުޅިގެން މި ކުންފުންޏާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަނުކުރައްވާފައިވާ ކުންފުނީގެ ޤަރާރު
- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގެ ރިކަވަރީ ޑިޕަރޓްމަންޓާއި ނަންބަރު: 3000112 ފޯނަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެދެމެވެ.
ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ސ.ހިތަދޫ، ބްރީޒް ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ މިކުންފުނީގެ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ އެއްވެސް ބޭފުޅަކަށް (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) ބައިވެރިއެއް ނުވެވޭނެއެވެ.
ކުރީގެ އިޢުލާން: މަތީގައި ބަޔާންކޮށްފައިވާ އިމާރާތް ވިއްކާލުމަށް މީގެ ކުރިން އެއްވެސް އިޢުލާނެއް ކޮށްފައެއް ނުވެއެވެ.
